
ސޯޝަލް މީޑިއާ ޕްލެޓްފޯމް 'ފޭސްބުކް' ގައި ކުރެއްވި ޕޯސްޓެއްގައި އުމަރު ވިދާޅުވީ މާލޭގެ ކަނޑުގެ ބަދަރާއި ތިލަފުށީ ކަނޑުގެ ބަނދަރު ބޭރުގެ ފަރާތަކަށް ދިގު މުއްދަތަށް ކުއްޔަށް ދިނުމުގެ މަޝްވަރާތަކެއް ސަރުކާރުން ކުރައްވަމުން ގެންދަވާތީ ނުހަނު ކަންބޮޑުވުން ފާޅުކުރައްވާ ކަމަށެވެ.އެ ޕޯސްޓުގައި އޭނާ ވިދާޅުވީ "ދިވެހީންގެ އަމިއްލަ އެސެޓްތައް އެހެން ފަރާތްތަކަށް ދޫކޮށްލުމަކީ 'ދިވެހީންގެ ރާއްޖެ' އިން ކުރައްވައިގެން ވާނެ ކަމެއް ނޫން" ކަމަށެެވެ. "ދިވެހީންގެ ރާއްޖެ" އިން ކުރައްވަންވާނެ ކަމަކީ އެސެޓްތައް އުފައްދާ އެ ތަކެތި ދިވެހިންގެ އަތްމަތީގައި ބެހެއްޓުން ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.އުމަރު ވިދާޅުވީ މާލޭގެ އެއާޕޯޓް އިންޑިއާ އަށް ވިއްކައިލުމަށް ކުރިން ކުރެވުނު މަސައްކަތް ފަދަ ކަންކަމަކީ އިގުތިސާދީ ގޮތުން ނުރައްކާތެރި ކަންކަން ކަމަށެވެ."މީގެ ސަބަބުން މުދަލުގެ އަގުބޮޑުވެ، ދިވެހި ވިޔަފާރި ތަކަށް އެތަށް ދަތިތަކާ ކުރިމަތިވާނެ،" އޭނަ ވިދާޅުވި އެވެ. "ދައުލަތުގެ މި ފަދަ ސްޓްރެޓެޖިކް އެސެޓްތަކަކީ އަބަދުވެސް ދިވެހީންގެ އަތްމަތީގައި ބަހައްޓައިގެން ވީހާ ވެސް ހެޔޮ އަގުގައި ޚިދުމަތް ދެވޭ ތަންތަނަށް ވާން ޖެހޭނެ."ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ބޭރުގެ ބަޔަކަށް ދޫކޮށްލުމަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ޖީއެމްއާރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވިއްކާލުމަށް ކުރެވުނު މަސައްކަތް ފަދަ އިގްތިސާދީ ގޮތުން ރާއްޖެއަށް އޭގެ ސަބަބުން އެތައް ގެއްލުން ތަކެއް ކުރިމަތިކުރުވާނޭ ކަމެއް ކަމަށްވެސް އުމަރު ވިދާޅުވި އެވެ.