ޚަބަރު
ސީފެއަރާސް އައިޑެންޓިޓީ ޑޮކިއުމެންޓް ދޫކުރަން ފަށައިފި
ދިވެހި ސީމަނުންނަށް ސަރުކާރުން ސީފެއަރާސް އައިޑެންޓިޓީ ޑޮކިއުމެންޓް (ސިޑް) ތައާރަފްކޮށްފި އެވެ.

ބައިނަލްއަގްވާމީ ސީފެއަރާ ދުވަސް ފާހަގަކުރުމުގެ ގޮތުން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ސިޑްގެ އިންތިޒާރުގައި ގާތްގަނޑަކަށް އަށް އަހަރު ދުވަސް ތިބި އެތައް ދިވެހި ސީމަނުންގެ އިންތިޒާރަށް އިއްޔެ އަކީ ނިމުމެއް ގެނެސްދީފައިވާ ދުވަހެއް ކަމަށެވެ.

ސިޑް އަކީ އައިއެލްއޯގެ މުއާހަދާއެއް ކަމަށްވާ "ދަ ސީފެއަރާސް އައިޑެންޓިޓީ ޑޮކިއުމެންޓްސް ކޮންވެކްޝާން" އަށް ގެނެވުނު ބަދަލާއެކު ސީމަނުންގެ އަތުގައި އޮންނަން މަޖުބޫރު ލިޔުމެކެވެ. މި ލިޔުން ސީމަނުންނަށް ދެނީ ކާޑެއްގެ ގޮތުގަ އެވެ.

"މިއަދުން ފެށިގެން ސިޑް ދޫކުރަން ފެށިކަން އުފަލާއެކު ފާހަގަކުރަން،" އަމީން ވިދާޅުވި އެވެ.

ސިޑްއަކީ އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަންގެ މުއާހަދައެއްކަމަށްވާ "ދަ ސީފެއަރާސް އައިޑެންޓިޓީ ޑޮކިއުމެންޓްސް ކޮންވެންޝަން"އަށް 2003 ވަނަ އަހަރު ގެނެވުނު ބަދަލާއި އެއްގޮތަށް އާގު ބޯޓު ފަހަރުގައި މަސައްކަތްކުރާ މަސައްކަތްތެރިންގެ އަތުގައި އޮތުން މަޖުބޫރު ލިޔުމެކެވެ. މި ލިޔުމަކީ ކާޑެއްގެ ގޮތުގައި އޮންނަ ލިޔެކިޔުމެކެވެ.


މިހާރު ވެސް ގާތްގަނޑަކަށް 300 އާއި ގާތްކުރާ ދިވެހި މަސައްކަތްތެރިން އާގުބޯޓު ފަހަރުގައި މަސައްކަތް ކުރަމުންދާެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު