ޚަބަރު
ސިވިލް އެވިއޭޝަން ދާއިރާއިން ސައުދީއާއެކު ގުޅުން ބަދަހިކުރުމުގެ އެމްއޯޔޫއެއް
ރާއްޖެއާއި ސައުދީއާ ދެމެދު ސިވިލް އެވިއޭޝަންއާ ގުޅޭ އެމްއޯޔޫއެއްގައި ސޮއިކުރުން --
ސިވިލް އެވިއޭޝަން ދާއިރާ އިން ރާއްޖެ އާއި ސައުދީ އަރަބިއްޔާގެ ގުޅުން ވަރުގަދަކުރަން އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

މި ފަހުމުނާމާގައި ސޮއި ކޮށްފައިވަނީ މިނިސްޓަރު އަމީން މިހާރު ސައުދީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ސައުދީގެ ރަތް ކަނޑު ސަރަހައްދުގައި އޮންނަ އުމްލުޖް ސިޓީގައި ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މި އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު އަމީނެވެ. އަދި ސައުދީގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުގެ މިނިސްޓާ އޮފް ޓްރާންސްޕޯޓް ސާލޭ ބިން ނާސަރު އަލްޖަސަރެވެ.

މި ރަސްމިއްޔާތުގައި ސައުދީގެ ޖެނެރަލް ސިވިލް އޭވިއޭޝަނުގެ ރައީސް އަބްދުލް އަޒީޒް އަލް ދުޢައިލެޖް އަދި ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރެޓީގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

"އޭވިއޭޝަންގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރު ކުޑަ ކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ދެ ގައުމު ވަނީ އެއްބަސްވެފައި،" އެ މިނިސްޓްރީން ބުންޏެވެ.

މި އެއްބަސްވުމާއެކު ރާއްޖެއާއި ސައުދީއާ ދެމެދު އޮތް ސްޓްރެޓެޖިކް ޕާޓްނާޝިޕް ހަރުދަނާވަމުންދާކަން ޓްރާންސްޕޯޓުން ފާހަގަކުރި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު