ޚަބަރު
އެމްޑީޕީން ގައުމީ މަޖިލީހުގެ އިންތިހާބަށް ހުޅުވާލައިފި
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ގައުމީ މަޖިލީހަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި މިއަދާއި ހަމައަށް އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަނުގައި ދަފްތަރުވެފައިވުމާއި ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ޕާޓީގެ އަސާސީ ގަވާއިދާއި ހިލާފުވެފައި ނުވާ މެންބަރެއް ކަމުގައިވުން ހިމެނެ އެވެ.

ކުރިމަތިލާން ހުޅުވާލި މަގާމުތައް

  • ހއ. ދިއްދޫ ދާއިރާގެ ރައީސް
  • ހއ. ކެލާ ދާއިރާގެ ރައީސް
  • ކުޅުދުއްފުށި ސިޓީ ދެކުނު ދާއިރާގެ ރައީސް
  • ހދ. މަކުނުދޫ ދާއިރާގެ ރައީސް
  • ރ. އުނގޫފާރު ދާއިރާގެ ރައީސް
  • ރ. އިނގުރައިދޫ ދާއިރާގެ ރައީސް
  • ބ. ތުޅާދޫ ދާއިރާގެ ރައީސް
  • ބ. ހިތާދޫ ދާއިރާގެ ރައީސް
  • ޅ. ކުރެންދޫ ދާއިރާގެ ރައީސް
  • ކ. މާފުށި ދާއިރާގެ ރައީސް
  • ކ. ހުރާ ދާއިރާގެ ރައީސް
  • އދ. މާމިގިލި ދާއިރާގެ ރައީސް
  • އދ. ދަނގެތި ދާއިރާގެ ރައީސް
  • ގއ. ދާންދޫ ދާއިރާގެ ރައީސް
  • ގއ. ކޮލަމާފުށި ދާއިރާގެ ރައީސް
  • ގދ. ފަރެސްމާތޮޑާ ދާއިރާގެ ރައީސް
  • ފޭދޫ ދެކުނު ދާއިރާގެ ރައީސް
  • ފޭދޫ އުތުރު ދާއިރާގެ ރައީސް
  • މެދު ހެންވޭރު ދާއިރާގެ ރައީސް
  • ހެންވޭރު އުތުރު ދާއިރާގެ ރައީސް
  • ގަލޮޅު އުތުރު ދާއިރާގެ ރައީސް
  • މައްޗަންގޯޅި އުތުރު ދާއިރާގެ ރައީސް
  • މާފަންނު އުތުރު ދާއިރާގެ ރައީސް
  • ހެންވޭރު ހުޅަނގު ދާއިރާގެ ރައީސް
  • ހުޅުމާލެ މެދު ދާއިރާގެ ރައީސް
  • ހުޅުމާލެ އުތުރު ދާއިރާގެ ރައީސް
  • ކުޅުދުއްފުށީ ސިޓީގެ ރައީސް
  • ތިނަދޫ ސިޓީގެ ރައީސް
  • މާލެ ސިޓީގެ ރައީސް
މި މަގާމުތަކަށް ކުރިމަތިލުމަށް ބޭނުންވާ ޕާޓީގެ މެންބަރުން އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު މިމަހުގެ ހަތްވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

އިންތިޚާބު އޮންނާނީ 02 އޯގަސްޓް 2024 ވާ ހުކުރު ދުވަހު ކަމަށްވެސް އެ ޕާޓިން މައުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު