ޚަބަރު
ދޭވާނީއެއް ނެތުމުން ހައްދު ޖަހަންޖެހޭ މައްސަލަތަކުގައި ހައްދު ޖެހުން ހުއްޓިއްޖެ
ކްރިމިނަލް ކޯޓުގައި ދޭވާނީއެއް ނެތުމުން ހައްދު ޖަހަންޖެހޭ މައްސަލަތަކުގައި ހައްދު ޖެހުން ހުއްޓިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ޕްރޮސިކިއުޓާ ޖެނަރަލް ޝަމީމް މިއަދު ވިދާޅުވީ ހައްދުގެ ހުކުމެއް ކުރި ނަމަވެސް، ކްރިމިނަލް ކޯޓުގައި ހައްދު ޖަހާނެ މީހަކު ނެތުމުގެ ސަބަބުން އެކަން ތަންފީޒު ނުކުރާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ.

ދޭވާނީ އަކީ ހައްދު ޖަހާ މީހާ އެވެ. ކްރިމިނަލް ކޯޓުގައި މިމަގާމު ހުސްވީ ކޮން ދުވަހަކު ކަމެއް ސާފެއް ނުވި އެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ޖޫން 26 ވަނަ ދުވަހު ވަނީ ދޭވާނީއެއްގެ މަގާމަށް މީހަކު ހޯދަންވެސް އިއުލާންކޮށްފަ އެވެ. މާދަމާ އަށް މުއްދަތު ހަމަވާ ގޮތަށް ކޮށްފައިވާ މިއިއުލާންގެ ދަށުން ދޭވާނީގެ މަގާމަށް ހޮވާ މީހަކަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ކަނޑައަޅާފައިވަނީ 8،000 ރުފިޔާ އެވެ. 

މިދިޔަ 10 އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ސުޕްރީމް ކޯޓުގައި ޒިނޭގެ 33 މައްސަލައެއް ކުރިއަށް ގެންދިޔަ އެވެ. އެކަމަކު، އޭގެ ތެރެއިން އެއްވެސް މައްސަލައެއް ސާބިތުވެފައެއް ނުވެ އެވެ. ކްރިމިނަލް ކޯޓުގައި މިދިޔަ އަހަރުގެ މާޗްގެ ނިޔަލަށް ޒިނޭގެ 150 މައްސަލައެއް ނިންމާފައިވެ އެވެ. ހައި ކޯޓުގައި 51 މައްސަލައެއް ހިންގިއިރު ސާބިތު ނުވެ އޮތީ އެންމެ މައްސަލަ އެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު