ޚަބަރު
ތިން ގައުމަކަށް ސަފީރުން އައްޔަންކޮށްފި
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތިން ގައުމަކަށް ސަފީރުން އައްޔަން ކުރައްވައިފި އެވެ.

ސަފީރުންގެ ގޮތުގައި ރައީސް މިއަދު އައްޔަންކުރެއްވި ބޭފުޅުންނަކީ ބަންގްލަދޭޝްއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި ސ. ހުޅުދޫ، އަސަރީގެ ޝިއުނީން ރަޝީދު، ތުރުކީއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި ގ. ކަނޑިތޮޅިއާގެ، ލެފްޓިނަންޓް ޖެނެރަލް ރިޓަޔާޑް އަބްދުއްރަހީމް އަބްދުއްލަތީފް އަދި ޕާކިސްތާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި ނ. ހޮޅުދޫ، އުފަންވެލި، މުހައްމަދު ތޯހާ އެވެ.

މި ތިން ބޭފުޅުންވެސް ސަފީރު ކަމަށް އައްޔަންކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރު ގައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު