ޚަބަރު
އިސްލާމީ ޔުނިވާސިޓީއަށް ހުޅުމާލެއިން 35000 އަކަފޫޓުގެ ބިމެއް ދީފި
އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ހިންގަން ހުޅުމާލެ އިން ބިމެއް ހަމަޖައްސައިފި އެވެ.

⁠ރާއްޖޭގައި އިސްލާމީ ޙިދާޔަތު ދަމަހައްޓަން އިސްލާމީ ޔުނިވާސިޓީއަކީ މުހިއްމު މުއައްސަސާއެއްކަން ފާހަގަކުރައްވާ އިސްލާމިކް މިނިސްޓަރު މިއަދު ވަނީ ⁠އައިޔޫއެމްގެ ކުރިއެރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދޭން ޖެހޭ އެންމެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. 

އަދި، އެ ޔުނިވަރސިޓީ ހިންގުމަށް އެކަށީގެންވާ އާ އިމާރާތެއް އެޅުމަކީ ސަރުކާރުގެ އަމާޒެއްކަމަށާއި، އެކަމަށްޓަކައި 35،000 އަކަފޫޓްގެ ބިމެއް މިހާރު ހުޅުމާލެއިން ހަމަޖައްސަވާފައިވާކަމަށްވެސް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

"އެންމެ އުއްމީދު ކުރާ ދުވަހަކީ އައިޔޫއެމަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކޮށްލެވޭ އިސްލާމިކް ޔުނިވާސިޓީއަކަށް ވެގެންދާ ދުވަސް." އައިޔޫއެމް އަށް 45 އަހަރު ފުރުމާ ގުޅިގެން ރޭ ބޭއްވި ހަފުލާއެއްގައި މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އައިޔޫއެމް ކުރިއެރުވުމަށް މިނިސްޓްރީން ދޭން ޖެހޭ އެންމެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބޭނެ ކަމަށެވެ. "⁠ރާއްޖޭގައި އިސްލާމީ ހިދާޔަތު ދަމަހައްޓަން އިސްލާމީ ޔުނިވާސިޓީއަކީ މުހިއްމު މުއައްސަސާއެއް." ޝަހީމު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު