ޚަބަރު
ސިންގަޕޫރުގެ ހައި ކޮމިޝަނަރު މިނިސްޓަރ ތޯރިގު އިބްރާހީމްއާ ބައްދަލުކުރައްވައިފި
ސިންގަޕޫރުގެ ހައި ކޮމިޝަނަރު އެކްސެލެންސީ މިސްޓަރ ސޫ ކޮކް ލެންގް މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާގެ މިނިސްޓަރު އޮނަރަބަލް ތާރިގު އިބްރާހީމްއާ ބައްދަލުކުރައްވައިފި އެވެ.

މިނިސްޓަރީގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި، ދެ ގައުމަށް މުހިންމު ދާއިރާތަކުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ފަރާތުން ވަނީ އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާއި، ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އަދި ކުރިއަށް އޮތްތަނުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނެކަމަށް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.

މި ބައްދަލުކުރެއްވުމަކީ ސިންގަޕޫރުގެ ހައި ކޮމިޝަނަރު ދިވެހިރާއްޖެއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ކުރިއަށްގެންދެވުނު ބައްދަލުކުރެއްވުމެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު