ޚަބަރު
ތިން ޕާޓީއެއް 50،000ރ އިން ޖޫރިމަނާކޮށްފި
ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އޮޑިޓް ރިޕޯޓު ހުށަނާޅާ އޮތް ތިން ސިޔާސީ ޕާޓީ އިލެކްޝަން ކޮމިޝަން (އީސީ) އިން ޖޫރިމަނާކޮށްފި އެވެ.

އީސީން ބުނީ ޖޫރިމަނާ ކުރަން ނިންމާފައިވަނީ ދަ ޑިމޮކްރެޓްސް އާއި މޯލްޑިވްސް ނެޝަނަލް ޕާޓީއާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ކަމަށެވެ.

މި ތިން ޕާޓީވެސް ޖޫރިމަނާކޮށްފައިވަނީ ކޮންމެ ޕާޓީއެއް 50،000 ރުފިޔާއިންނެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 41ވަނަ މާއްދާގައި ބުނެފައިވަނީ ކޮންމެ މީލާދީ އަހަރެއް ނިމޭތާ 90 ދުވަހުގެ ތެރޭގައި ޕާޓީގެ އަހަރީ ހިސާބުތައް އޮޑިޓަރ ޖެނެރަލް ގަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓު ކުރުމަށްފަހު އެ ރިޕޯޓެއް އިލެކްޝަންސް ކޮމިޝަނަށާއި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންޖެހޭނެ ކަމަށެވެ. ގާނޫނުގައި ބުނެފައިވާ މުއްދަތަށް އޮޑިޓު ރިޕޯޓު ހުށަހަޅާފައި ނުވާނަމަ އޮޑިޓު ރިޕޯޓު ހުށަހަޅާފައި ނުވާ ޕާޓީއެއް ޖޫރިމަނާ ކުރެވޭނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު