ޚަބަރު
އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ހުޅުވާލައިފި
އިލެކްޝަން ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް ކުރިމަތިލާން ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.

އީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އެކޮމިޝަންގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2024 ސެޕްޓެމްބަރު 13 ވަނަ ދުވަހުގެ 13:00ގެ ނިޔަލަށެވެ.

މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސްގެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް www.presidency.gov.mv އިން ފޯމު ޑައުންލޯޑް ކުރެއްވޭނެއެވެ.

އީސީއަށް މެމްބަރަކު ހޯދަން އިއުލާނު މިކުރީ އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި ފުއާދު ތައުފީގުގެ މަގާމުގެ ދައުރު ހަމަވާތީ އެވެ.

ފުއާދުގެ ދައުރު ހަމަވާނީ އަންނަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހަށެވެ. އެއާއެކު ކޮމިޝަނުގައި މެންބަރުގެ މަގާމާއި ރައީސްގެ މަގާމު ހުސްވާނެ އެވެ. އެ ކޮމިޝަންގެ މެންބަރަކަށް ބޭފުޅަކު އައްޔަން ކުރައްވާނީ އެކަމަށް އެދޭ މީހުންގެ ތެރެއިން ރައީސުލްޖުމްޙޫރިއްޔާ މަޖިލީހަށް ނަން ހުށަހަޅުއްވައިގެން މަޖިލީހުން އެ ނަން ފާސްކުރެއްވުމަށްފަހުއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު