އިންގްލެންޑް ކޯޗުކަމުގެ މަގާމުން ގެރެތު ސައުތުގޭޓް ވަކިވެއްޖެ
ހަސަން ހަލީމް
17 ޖުލައި 2024 - 00:10
0 comments
ސައުތުގޭޓް : އޭނާ ވަނީ ގައުމީ ޓީމަށް 53 މެޗު ކުޅެފައިދީފަ
އިންގްލެންޑް ކޯޗުކަމުގެ މަގާމުން ގެރެތު ސައުތުގޭޓް ވަކިވެއްޖެ އެވެ.
މުބާރާތުގެ ކުރީކޮޅު އިންގްލެންޑް ސަޕޯޓަރުންގެ ބޮޑެތި ފާޑުކިޔުންތަކާ ވެސް ކުރިމަތިވި ސައުތުގޭޓް، 53، އިސްތިއުފާ ދިންއިރު އޭނާގެ އެއްބަސްވުން ހަމަވާނީ މި އަހަރުގެ ފަހުކޮޅެވެ."އިންގްލެންޑްގެ ގައުމީ ޓީމަށް ކުޅެ އަދި ކޯޗެއްގެ ގޮތުން މަސައްކަތްކުރެވުނީތީ އެހާމެ ފަހުރުވެރިވަން،" ސައުތުގޭޓް ބުންޏެވެ. އޭނާ ބުނީ މިއީ އާ ޗެޕްޓާއެއް ފަށަން ބަދަލެއް ބޭނުންވާ ވަގުތެއް ކަމަށެވެ.ޖެހިޖެހިގެން ދެވަނަ ފަހަރަށް ޔޫރޯގެ ފައިނަލްގައި ކުޅެވުމުން އޭނާގެ ކުޅުންތެރިން ފަޚުރުވެރިވާންޖެހޭ ކަމަށާއި، މުޅި ގައުމުވެސް ފަޚުރުވެރިކޮށްދީފައިވާ ކަމަށް ސައުތުގޭޓް ވަނީ ބުނެފަ އެވެ.ސައުތްގޭޓްގެ އިރުޝާދުގެ ދަށުން ކުޅެ އިންގްލެންޑުން ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. އޭގެ ފަހުން، 2020 ވަނަ އަހަރުގެ ޔޫރޯގެ ފައިނަލަށް އާއި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލް އިންގްލެންޑް ދަތުރުކޮށްފައިވެ އެވެ.
ކިޔުންތެރިންގެ ޝުއޫރު