ޚަބަރު
ރައީސް ސޯލިހުގެ މަންމާފުޅު އަވަހާރަވެއްޖެ
އުމުރުންފުޅުން 80 އަހަރުގެ މުއުމިނާ އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އޭނާ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ސޯލިހުގެ މަންމާފުޅު އަވަހާރަވެފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގަ އެވެ. 

މުއުމިނާ އަވަހާރަވުމާއި ގުޅިގެން އެމްޑީޕީން ވަނީ ރައީސް ސޯލިހަށާއި އެއާއިލާއަށް ތައުޒިޔާ ދަންނަވާފަ އެވެ.

ރައީސް ސޯލިހުގެ މަންމާފުޅު މޫމިނާ ހަސަންފުޅުގެ ބޭފުޅުންގެ ތެރެއިން އެމަނިކުފާނުގެ އިތުރަށް މަޖީދިއްޔާ ސުކޫލުގެ ޕްރިންސިޕަލް އާއިޝަތު މުހައްމަދު ސޯލިހާއި، ކުރީގެ ރައީސުންގެ ޕާސަނަލް އެސިސްޓެންޓުގެ ގޮތުގައި މަސައްކަތް ކުރެއްވި ފާތިމަތު މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު ހިމެނިވަޑައިގަންނަވަ އެވެ. 

ރައީސް ސޯލިހުގެ އާއިލާއަކީ މުޅި ފާދިއްޕޮޅަށް މަޝްހޫރު އާއިލާއަކަށްވާއިރު މޫމިނާއަކީ އެ އަތޮޅުގެ ގިނަ ބަޔަކަށް އެބޭފުޅުންގެ އާއިލީ ގެކޮޅު ނޫރާނީމާގޭގައި މެހެމާންދާރީ އަދާކުރެއްވި މީހުންނަށް ވަރަށް ހެޔޮފުޅު ބޭކަނބަލެކެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު