ޚަބަރު
މިނިވަންކަން ދެމެހެއްޓޭނީ ބޭރުގެ ދަރަނިން ސަލާމަތްވެގެން: ނަޝީދު
ރާއްޖެ އަށް ކޮޅުނެތް ކޮޅަށް މިނިވަންކަން ދެމެހެއްޓޭނީ ބޭރުގެ ދަރަނިން ސަލާމަތްވެގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އަބަދު ވެސް ދަރަނީގެ ކަންކަމުގައި ކަންބޮޑުވުން ފާޅުކުރައްވައި ނަޝީދު އެފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ މަނިކުފާނު ވަނީ އެ ޕޯސްޓުގައި ވެސް ބޭރުގެ ދަރަނި ބޮޑުވުމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

"އަޅުގަނޑަށް ފެންނަ ގޮތުގައި ކޮޅު ނެތް ކޮޅުގެ މިނިވަން ކަމެއް ރާއްޖެއަށް ދެމެހެއްޓޭނީ ބޭރުގެ ދަރަނީން ސަލާމަތްވެ ތިބެގެން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ދަރަންޏާ ނުލާ އުޅުމުން ސަރުކާރުން މިހާރު ރައްޔިތުންނަށް ދެމުން އަންނަ އެތައް ޚިދުމަތަކުން މަހްރޫމުވާނެ ކަމަށެވެ. އެކަމަކު، ބުއްދިވެރިކަން އިސްކުރަންޖެހޭ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބުނެފައިވާ އިރު، މި ސަރުކާރު އައި އިރު، ކުރީގެ ސަރުކާރުން އޮތީ ރާއްޖެ ދަރުވާލައިފަ އެވެ. ނަމަވެސް ފައިސާ ޗާޕްކުރުން ހުއްޓައިލުމަށް ފަހު، ވަރަށް ހަރުދަނާ ނިޒާމެއްގެ ތެރެއިން ބޭރުގެ ދަރަނި ބަރާބަރަށް ދައްކަމުން އަންނަ ކަމަށް ސަރުކާރުން ބުނެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
100%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު