ވިޔަފާރި
އިހަވަންދިއްޕޮޅުގެ ބަންކަރިން މަޝްރޫއު ފަށަން ބޭނުންވާ ބޯޓުތައް ގެނެސްފި
އެސްޓީއޯ އިން އިހަވަންދިއްޕޮޅުގައި ހަދާ ބައިނަލްއަގްވާމީ ބަންކަރިން މަޝްރޫއު ހިންގުމަށް ބޭނުންވާ ބޯޓުތައް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ގެނެސްފި އެވެ.

ރާއްޖެ އޮންނަ ލޮކޭޝަންގެ ގޮތުން އިހަވަންދިއްޕޮޅު ކައިރިން ދުވާލަކު 300އަށް ވުރެ ގިނަ އާގު ބޯޓު ދަތުރުކުރެ އެވެ. ނަމަވެސް މި ސަރަހައްދުގައި އެ ބޯޓުފަހަރަށް ހިދުމަތްތައް ދެވޭނެ މާ ގިނަ ގޮތްތަކެއް ނޯވެ އެވެ.

އެމްޕީއެލް އިން ބުނީ އުތުރުގައި އިންޓަނޭޝަނަލް ބަންކަރިން ޚިދުމަތް ފެށުމަށް ބޭނުންވާ ޕައިލެޓް ބޯޓާއި ޓަގް ބޯޓް ކުޅުދުއްފުށި ޕޯޓަށް މިއަދު ގެނެސްފައިވާ ކަމަށެވެ.

އެމްޕީއެލް އިން ބުނީ އުތުރުގައި އިންޓަނޭޝަނަލް ބަންކަރިން ޚިދުމަތް ފެށުމަށް ބޭނުންވާ ޕައިލެޓް ބޯޓާއި ޓަގް ބޯޓް ކުޅުދުއްފުށި ޕޯޓަށް މިއަދު ގެނެސްފައިވާ ކަމަށެވެ.

މީގެ ކުރިން މިނިސްޓަރު ސައީދު ވަނީ ރާއްޖޭގެ އެންމެ އުތުރުގައި، ބަންކަރިން ހިދުމަތްތަކާއި އެ ސަރަހައްދުގެ ބޯޓުތަކަށް ބޭނުންވާ އިތުުރު ހިދުމަތްތައް ދިނުމަށް ސަަރުކާރުން ވިސްނަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

ދާދި ފަހުން ހއ. އަށް ކުރެއްވި ދަތުރުގައި މިނިސްޓަރު ސައީދު ވަނީ ޖުލައި މަސް ނިމުމުގެ ކުރިން އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ފަށާނެ ކަމަށް ވިދާޅުވެފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު