ވިޔަފާރި
އެމްޓީސީސީ އަށް 54 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް
އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔާދު
މިއަހަރުގެ ދެވަނަ ކުއާޓަރގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއަށް 54 މިލިއަން ރުފިޔާގެ ގެއްލުން ވެއްޖެ އެވެ.

އެމްޓީސީދސީން ބުނީ މި ފަހުން ރާއްޖެއަށް ކުރިމަތިވި ގާ ހުދުވުމުގެ މައްސަލައާ ގުޅިގެން ތަރައްގީގެ ބައެއް މަޝްރޫއުތައް މަޑުޖައްސާލަން ޖެހުމުން ބިން ހިއްކުމުގެ މަސައްކަތްތައް ވެސް ވަގުތީ މެދުކެނޑި އެފަދަ މަޝްރޫއުތަކުން ލިބެން ޖެހޭ އާމްދަނީ ވެސް 13 ޕަސެންޓް ދަށްވި ކަމަށެވެ. ހުއްޓާލުމާއި އެކު އެމްޓީސީސީއަށް ލިބެން ޖެހޭ އާމްދަނީގެ %13 ވަނީ ދަށްވެފަ އެވެ. 

އެމްޓީސީސީއަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ލިބިފައިވާ އާމްދަނީއަކީ މިއަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު ދަށް އަދަދެކެވެ.

އެމްޓީސީސީއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 664.4 މިލިއަން ރުފިޔާ ލިބިފައިވާއިރު، ދެވަނަ ކުއާޓަރުގައި ލިބިފައިވަނީ 497.4 މިލިއަން ރުފިޔާ އެވެ.

އެ ކުންފުނިން ބުނީ ދެވަނަ ކުއާޓަރުގެ ލިބުނު އާމްދަނީ ދަށްވީ ކޭޝް ފްލޯގެ ދަތިތަކާ އެކީ އެންމެ ބޮޑު އާމްދަނީ އަށް ވަންނަ ކޮންސްޓްރަކްޝަން ސެގްމަންޓަށް އޭގެ ނޭދެވޭ އަސަރު ކުރުމުން ކަމަށެވެ. އެހެންވެ އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ދާއިރާ އިން ލިބުނު އާމްދަނީ 29 ޕަސެންޓް ދަށްވެފައިވެ އެވެ.

އެމްޓީސީސީގެ މާލީ ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ ދާއިރާއިން ވަނީ 41 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. މިއީ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މިދާއިރާއިން އާމްދަނީގެގޮތުގައި ލިބުނު 39 މިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު %4 އިތުރު އަދަދެކެވެ.

އެމްޓީސީސީއަކީ ފުޅާ ދާއިރާއެއްގައި މުދާ ވިއްކުމުގެ ވިޔަފާރިކުރާ ކުންފުންޏެއްކެވެ. މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެ ދާއިރާއިން ލިބިފައިވަނީ 72 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ. މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މި ދާއިރާއިން އާމްދަނީގެގޮތުގައި ލިބިފައިވާ 77 މިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު %9 ދަށް އަދަދެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު