ވިޔަފާރި
މާފަރު އެއާޕޯޓްގެ އޭޕްރަން ބޮޑުކުރުން އެމްޓީސީސީއަށް
މާފަރު އެއާޕޯޓްގެ އޭޕްރަން ބޮޑު ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ނ. މާފަރު އެއާޕޯޓުގައި ޖެޓު ޖެއްސޭ ފެންވަރަށް ހެދުމގެ ގޮތުން އެ އެއާޕޯޓުގެ އޭޕްރަން ބޮޑުކުރުމުގެ މަޝްރޫއު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

މި މަޝްރޫއު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އަބްދުﷲ ޒިޔާދެވެ. އަދި އައިލެންޑް އެވިއޭޝަންގެ ފަރާތުން ސޮއިކުރެެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސެވެ.

މި މަޝްރޫއުގެ ދަށުން މިހާރު އޮތް 453 އަކަމީޓަރުގެ ފަޔަ ރޯޑު ތަޅާލުމާއ،ި 18,660 އަކަމީޓަރު ސަރަހައްދެއްގެ ވެލިގަނޑުގެ މަތީ ފަށަލަ ނަގައ،ި ސަބްބޭސް ތައްޔާރުކޮށް، ވެއަރިން ކޯސްއެއް އެޅުމާއ،ި 4,047 އަކަމީޓަރުގެ ސަރަހައްދެއް ގްރޭޑްކޮށް ކޮމްޕެކްޓްކުރުމުގެ މަސައްކަތް ހިމެނެ އެވެ.

މީގެ އިތުރުން އެއާފީލްޑް ލައިޓިން ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ހިމެނެ އެވެ. މި މަޝްރޫއު ހަވާލުކުރީ 29.85 މިލިއަން ރުފިޔާއަށް، 180 ދުވަސް ތެރޭ ނިންމާ ގޮތަށެވެ.

އެމްޓީސީސީން ބުނީ މަޝްރޫއުގެ ދަށުން މާފަރު އެއާޕޯޓް އޭޕްރަން ބޮޑުކުރުމުގެ މަސައްކަތް ނިމުމާއެކު، އެއާޕޯޓުގެ ހިދުމަތް އިތުރަށް ޒަމާނީވެ ފުރިހަމަވެގެން ދާނެ ކަމަށެވެ.

އައިއޭއެސްއިން ހިންގާ މާފަރު އެއާޕޯޓުގެ މަސައްކަތްތަކެއް ކުރިން ވެސް އެ ކުންފުނިން ކޮށްފައިވެ އެވެ. އެގޮތުން ރަންވޭގެ 650 މީޓަރު ދިގުކުރުމާއި ސްޓްރިޕް ފުޅާކުރުމަށްޓަކައި ބިން ހިއްކުމާއި ގޮނޑުދޮއް ހިމާޔަތްކުރުމާއި، މިހާރު ބޭނުންކުރާ ރަންވޭ ޕޭވްމަންޓް އަޕްގްރޭޑްކުރުން އެމްޓީސީސީން ކޮށްފައިވެ އެވެ.

1 ޑިސެމްބަރު 2019 ގައި ހުޅުވި އެ އެއާޕޯޓަކީ ޔޫއޭއީގެ އަބޫދާބީ ފަންޑުން ފަންޑުކޮށްގެން ތަރައްގީކުރި އެއާޕޯޓެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު