ޚަބަރު
ކެޕޭސިޓީ ނެތްވަރަށް އެމްޓީސީސީއަށް ވަނީ މަސައްކަތް ހަވާލުކޮށްފައި
އެމްޓީސީން ފުވައްމުލަކު މަގު ހެދުމުގެ މަސައްކަތް ކުރަނީ-- ފޮޓޯ: އެމްޓީސީސީ
އެއްފަހަރާ 150 މަޝްރޫޢު ހިންގާނެ ކެޕޭސިޓީ އެމްޓީސީސީގައި ނެތް ކަމަށް ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ ޝްރޫއުތައް ކުރިއަށް ގެންދަންޖެހެނީ އިސްކަންދޭ ތަރުތީބަކުން ކަމަށާއި އެގޮތަށް ކުރިއަށް ގެންދަންޖެހެނީ ބަޖެޓްގެ ތާށިކަން ހުރި މިންވަރާއި ސޮއިކޮށްފައިވާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެކަށީގެންވާ މިންވަރަށް ފައިސާ ލިބިފައިނެތުމުންކަމަށެވެ.

އެމްޓީސީސީއަށް 150 އަށްވުރެ ގިނަ ޕްރޮޖެކްޓް ހަވާލުކޮށްފައިހުރިކަން ފާހަގަކޮށް މިނިސްޓަރު މުއްތަލިބް ވިދާޅުވީ އެއްފަހަރާ އެވަރުގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމުގެ ކްޕޭސިޓިވެސް އެމްޓީސީސީގައި ނެތްކަމަށެވެ. 

އެހެންކަމުން ފެށިފަ ކުރިއަށްދާ މަޝްރޫއުތައް އަވަހަށް ނިންމާފައި، އެނިމޭ ތަރުތީބަކުން އަލަށް އެހެން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އިސްކަން ދިނުމަށް އެމްޓީސީސީއަށް ދަންނަވާފައިވާ ކަމަށް މިނިސްޓަރު މުއްތަލިބް ވިދާޅުވި އެވެ.

މުއްތަލިބު ވިދާޅުވީ އެމްޓީސީސީއާ ހަވާލުކުރެވިފައިވާ އެއްވެސް މަޝްރޫއެއް ހުއްޓާލުމުގެ ވިސްނުން ނުގެންގުޅޭ ކަމަށާއި ބަޖެޓުގެ ތާށި ކަމާއި އެމްޓީސީސީގެ ކެޕޭސިޓީ ހުރި މިންވަރަށް ބަލައި މަޝްރޫއުތަކުގެ މަސައްކަތް ފަށާނެ ކަމަށެވެ.

"އެއްވެސް މަޝްރޫއެއް ހުއްޓާލަނީކީ ނޫން. ނަމަވެސް ވީހާވެސް އަވަހަކަށް މަޝްރޫޢުތައް ނިންމޭނެ ގޮތަކަށް ބަލައިގެން ބަޖެޓުގެ ތާށިކަން ހުރި މިންވަރާއި އަދި އެމްޓީސީސީގެ ކެޕޭސިޓީވެސް ހުރި މިންވަރަށް ބަލާފައި ވީހާވެސް އަވަހަކަށް ނިންމޭނެ ގޮތަކަށް މަޝްރޫޢުތައް ކުރިއަށް ގެންދަން ދަންނަވާފައިވާނީ.". މުއްތަލިބް ވިދާޅުވެފައިވެ އެވެ.

މުއްތަލިބް އިތުރަށް ވިދާޅުވީ އެންމެ ބޮޑު މައްސައަކީ މިއަހަރަށް ދަޢުލަތުގެ ބަޖެޓް އެކުލަވާލާފައި އޮތްގޮތް ކަމަށާއި އެގޮތުން ބަނދަރެއްގެ މަސައްކަތް ފެށުމަށް ބަޖެޓުގައި ލައްކައެއްހާ ރުފިޔާވެސް ޖަހާފައިވާ ކަމަށެވެ.

މިދިޔަ ސަރުކާރުން ފެށި މަޝްރޫއުތައް މި ސަރުކާރުން ހަވާލުވުމަށްފަހު ހުއްޓިފައިވާ ކަމަށް ބުނެ އެމްޑީޕީން މީގެ ކުރިން ވެސް ނުރުހުން ފާޅުކޮށްފައިވެ އެވެ.

އެހެންނަމަވެސް މި ސަރުކާރުން ވަނީ ބަޖެޓުގެ ދަތިކަމާ ހުރެ މަޝްރޫއުތަކުގެ މަސައްކަތްތައް ފެށުމުގައި ދަތިތައް ދިމާވާކަމަށް ބުނެފައެވެ. ހަމައެއާއެކު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ހަވާލުވި ނަމަވެސް މިހާތަނަށް އަމަލީ މަސައްކަތް ނުފަށާ މަޝްރޫއުތައް، ނުފަށައި ބޭއްވުމަށް ވެސް މިނިސްޓްރީން އަންގާފައިވެ އެވެ.

މަޝްރޫއުތައް މެދުކެނޑުމެއްނެތި ކުރިއަށްގެންދިއުމަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު