ޚަބަރު
ރަށްރަށުގައި ފެނަކައިން ހިންގާ ހުރިހާ މަޝްރޫއުތަކެއް އެމްޑަބްލިއުއެސްސީއަށް ދެނީ
އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު
އަތޮޅުތެރޭގެ ރަށްތަކުގައި ފެނަކައިން ހިންގާ ހުރިހާ މަޝްރޫއުތަކެއްގެ ކޮންޓްރެކްޓް ބާތިލުކޮށް، އެމްޑަބްލިއުއެސްސީއާ ހަވާލުކުރުމަށް ނިންމާފައިވާ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މުއްތަލިބާ ސުވާލު ކުރިއިރު އޭގެ ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ ފެނަކައާ ހަވާލު ކޮށްގެން ރާއްޖޭގެ 20 ރަށެއްގައި ހިންގަމުންދިޔަ މަޝްރޫއުއެއް އެމްޑަބްލިއުއެސްސީއާ ހަވާލު ކުރަން ނިންމާފައިވާ ކަމަށެވެ.

މި މަސް ނިމުމުގެ ކުރިން އެމްޑަބްލިއުއެސްސީއާ ޕްރޮޖެކްޓުތައް ހަވާލު ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށާއި ވީހައިވެސް އަވަހަކަށް އެމްޑަބްލިއުއެސްސީއާ މަސައްކަތްތައް ހަވާލު ކުރުމުގެ މަސައްކަތް ކުރެވޭނެ މަގެއް ފެނޭތޯ ޓެންޑާ ބޯޑާއެކު މަޝްވަރާ ކުރަމުންދާކަން އޭނާ ހާމަކުރެއްވި އެވެ.

"ފެނަކައަކީ މިކަހަލަ ކޮންޓްރެކްޓު މަސައްކަތް ހިންގާނެ ކޮންޓްރެކްޓަރަކަށް ނުވާތީ އާއި ހިދުމަތް ފޯރުކޮށްދޭ ސާވިސް ޕްރޮވައިޑާއަކަށް ވާތީ ސަރުކާރުން ނިންމީ އެ ޕްރޮޖެކްޓު މަސައްކަތް، އެގޮތަށް ހަވާލުކޮށްފައި، ފެނަކައާ ހަވާލުކޮށްފައި ހުރި ހުރިހާ މަޝްރޫއުތަކެއް، ކޮންޓްރެކްޓު ބާތިލުކުރުމަށް ފަހުގައި އެމްޑަބްލިއުއެސްސީއާ ވާހަކަދައްކައިގެން ޑައިރެކްޓު ނެގޯޝިއޭޝަނެއްގެ ތެރެއިން އެމްޑައިބްލިއުއެސްސީއާ ހަވާލު ކޮށްގެން ކުރިއަށް ގެންދިޔުން،" މުއްތަލިބު ވިދާޅުވި އެވެ.

އެގޮތުން މުއްތަލިބު ވިދާޅުވީ 20 ރަށެއްގައި ފެނަކައާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުތައް އެމްޑަބްލިއުއެސްސީއާ ހަވާލުކުރަން ނިންމާފައިވާ ކަަމަށެވެ. އަދި މި މަސް ނިމުމުގެ ކުރިން އެމްޑަބްލިއުއެސްސީއާ އެ ޕްރޮޖެކްޓުތައް ހަވާލު ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަން ޓެންޑާ ބޯޑާއެކު މަޝްވަރާ ކުރަމުންދާކަމަށް ވިދާޅުވި އެވެ.

ހަމައެއާއެކު މި ސަރުކާރުން އެއްވެސް މަޝްރޫއުއެއް މަޑުޖައްސާލާފައި ނުވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ފެނާއި ނަރުދަމާގެ އެއްވެސް މަޝްރޫއެއް އެއްވެސް ރަށެއްގައި ހުއްޓިފައި ނޯންނާނެކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު