ވިޔަފާރި
މަސްވެރިކަން ދަށްވުމަށް ފަހު ރަނގަޅުވާން ފަށައިފި: މިފްކޯ
މަސްވެރިކަން ދަށްވުމަށް ފަހު ރަނގަޅުވާން ފަށާފައިވާ ކަމަށް ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މިއަދު ބުނެފި އެވެ.

މިފްކޯއިން މާލެ ކައިރީގައި މަސްކިރަން ބާއްވާފައި އޮތީ "ރަންދި-20" ބޯޓެވެ. އަދި މީމު އަތޮޅުގައި ބާއްވާފައި އޮތީ "ރަންދި-23" ބޯޓެވެ. މިފްކޯއިން ބުނީ ހުވަދޫ އަތޮޅުގައި އޮތް "މަހާ ކަލަމިންޖާ" ވެސް މިއަދުގެ ވަގުތެއްގައި މީމު އަތޮޅަށް ފުރާނެ ކަމަށެވެ.

މިފްކޯއިން ބުނީ ލާމު އަތޮޅާއި ތާ އަތޮޅުގެ މަސްވެރިކަން، މެދު މިންގަނޑަކަށް ރަނގަޅު ނަމަވެސް ދެކުނުގެ މަސްވެރިކަން ރަނގަޅުވާނެ ކަމަށް މަސްވެރިން ލަފާކުރަނީ އަންނަ ހަފްތާއިން ފެށިގެން ކަމަށެވެ.

މަސްވެރިކަން ވަރަށް ބޮޑަށް ދަށްވެ، މިދިޔަ މަހު މިފްކޯގެ ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވި އެވެ. ނަމަވެސް މިހާރު މަސްވެރިކަން ރަގަޅުވެ މާލޭ މަސްމާރުކޭޓުގައި މަސް ވަނީ ތިޔާގިވެފަ އެވެ. އަދި މިފްކޯއަށް އިއްޔެ ވަނީ  މ. އަތޮޅުގެ 11 ދޯނިން 27.04 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވާ ފައެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު