ޚަބަރު
މިފްކޯއިން ގައްދޫ އައިސް ޕްލާންޓް އަޕްގްރޭޑްކޮށް، އަލުން ހިދުމަތް ފަށައިފި
ގައްދޫ އައިސް ޕްލާންޓް --
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއިން ގދ. ގައްދޫ އައިސް ޕްލާންޓު އަޕްގްރޭޑްކޮށް އަލުން ޚިދުމަތް ދޭން ފަށައިފި އެވެ.

މިފްކޯއިން ބުނީ ގައްދޫ އައިސްޕްލާންޓުން ދުވާލެއްގެ މައްޗަށް 50 ޓަނުގެ ފްލޭކްސް އައިސް އުފެއްދޭނެ ކަމަށެވެ.

ފްލޭކްސް އައިސް އުފައްދާ އެހެން އައިސް ޕްލާންޓުތަކާ ހިލާފަށް އަމިއްލައަށް އައިސް ނެގުމުގެ ބަދަލުގައި، އައިސް ބަކެޓަށް ޕްލާންޓުގެ އެހީގައި އައިސް އެޅިގެންދާނެކަން އެކުންފުނިން ބުންޏެވެ. އަދި އެކަމުގެ ސަބަބުން މަސްވެރީންނަށް ފަސޭހައިން އައިސް ލިބިގެންދާނެ ކަމަށް މިފްކޯއިން ބުންޏެވެ.

ގައްދޫ އައިސް ޕްލާންޓުގެ ކެޕޭސިޓީ 25 ޓަނުން 50 ޓަނަށް އަޕްގްރޭޑް ކުރިއިރު، މިފްކޯގެ ބެލުމުގެ ދަށުން އިތުރު ރަށްރަށުގައި ވެސް ދަނީ އައިސް ޕްލާންޓުތައް އޮޕަރޭޓް ކުރަމުންނެވެ.

މިފްކޯއިން މިވަގުތު ހިންގާ އައިސް ޕްލާންޓުތައް:

* ހޯރަފުށި - 25 ޓަން (ފްލޭކްސް)
* މަޑުއްވަރި - 25 ޓަން (ފްލޭކްސް)
* ގާފަރު - 25 ޓަން (ފްލޭކްސް)
* ގައްދޫ - 50 ޓަން (ފްލޭކްސް)
* ތިނަދޫ - 50 ޓަން (ބްލޮކް އައިސް)
* ފުވައްމުލައް - 25 ޓަން (ފްލޭކްސް)
* ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް - 100 ޓަން (ބްލޮކް އައިސް)
* ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް - 80 ޓަން (ބްލޮކް އައިސް)
* އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް - 50 ޓަން (ފްލޭކްސް)

މީގެ އިތުރުން ފެނަކައިގެ ބެލުމުގެ ދަށުން އޮޕަރޭޓް ކުރަމުން އަންނަ 18 އައިސް ޕްލާންޓާ ހަވާލުވުމުގެ އެންމެ ފަހުގެ ތައްޔާރީތައްވެސް މިފްކޯއިން ވަމުން އަންނަކަމަށް އެ ކުންފުނިން ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު