ވިޔަފާރި
ކޮންމެ މަސް ދޯންޏަކަށް ތިން ޓަނު އައިސް ހިލޭ ދޫކުރަނީ
ދުވާފަރުު އައިސް ޕްލާންޓުގައި އައިސް އުފައްދަނީ-- ފޮޓޯ: އެމްޑަބްލިއުއެސްސީ
މަސްވެރިން މަހަށް ފުރުވަން ހިތްވަރު ދިނުމުގެ ގޮތުން، ކޮންމެ މަސްދޯންޏަކަށް ތިން ޓަނުގެ އައިސް ހިލޭ ދޭން މިފްކޯ އިން މިއަދު ނިންމައިފި އެވެ.

އެ ކުންފުނިން މިއަދު ބުނީ، މަސްވެރިން މަހަށް ފުރުވުމަށް ހިތްވަރު ދިނުމުގެ ގޮތުން ސްޓޮކް ހުސްވަންދެން މާދަމާ، މިފްކޯގެ ހުރިހާ ސެންޓަރުތަކުންނާއި ތިނަދޫ އައިސް ޕްލާންޓުން ކޮންމެ ދޯންޏަކަށް ތިން ޓަނު އައިސް ހިލޭ ދޫކުރުމަށް ނިންމާފައިވާ ކަަަމަށެވެ.

"އަދި މި އައިސް ދޫކުރަން ހަމަޖެހިފައިވަނީ މާދަމާގެ ނިޔަލަށް،". އެ ކުންފުނިން ބުންޏެވެ.

ރާއްޖޭގައި މިދިޔަ މަހެއްހާ ދުވަހު މަސްވެރިކަން ވަރަށް ބޮޑަށް ދަށަށް ދިއުމަށް ފަހު، މި މަހު ކުރީކޮޅުގައި އަނެއްކާވެސް ވަނީ މަސްވެރިކަން ރަނގަޅުވާން ފަށައިފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު