ދުނިޔެ
ލަންކާގެ ރައީސްކަމަށް ނަމާލް ވާދަކުރައްވަނީ
ނަމާލް ރާޖަޕަކްސާ
މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ސްރީލަންކާގެ ރިޔާސީ އިންތިހާބުގައި ނަމާލް ރާޖަޕަކްސާ ވާދަ ކުރުމަށް ނިންމައިފި އެވެ.

އެސްއެލްޕީޕީ އިން ރިޔާސީ ޓިކެޓް ހޯދުމަށް، ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ ބިލިއަނަރު ދަމިނިކަ ޕެރޭރާ ވެސް މަސައްކަތްކުރެއްވި އެވެ. އެކަމަކު އޭނާ ވާދަ ނުކުރައްވަން ނިންމެވުމާ އެކު ނަމާލް އަކީ އެސްއެލްޕީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި އިއުލާނުކުރަން މިއަދު ވަނީ ނިންމާފައި ކަމަށް ލަންކާގެ ބައެއް ނޫސްތަކަށް އެ ޕާޓީގެ ވެރިން ކަށަވަރުކޮށްދީފައިވެ އެވެ.

އުމުރުން 38 އަހަރުގެ ނަމާލް ވާނީ މިފަހަރު ލަންކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެންމެ ހަގު ކެންޑިޑޭޓަށެވެ. 

ލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާގެ ދަރިފުޅު ނަމާލް ވަނީ މީގެކުރިން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވާފަ އެވެ.

ލަންކާގެ ރިޔާސީ އިންތިހާބުގައި ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭގެތެރޭގައި ލަންކާގެ މިހާރުގެ ރައީސް ރަނިލް ވިކްރަމްސިންހަ އާއި އެގައުމުގެ އިދިކޮޅު ލީޑަރު ސަޖިތު ޕްރޭމަދާސާ ހިމެނެ އެވެ.

ލަންކާގެ ރިޔާސީ އިންތިހާބު ތާވަލްކޮށްފައިވަނީ އަންނަ މަހުގެ 21 އަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު