ޚަބަރު
ބަންގްލަދޭޝްގެ ވަގުތީ ސަރުކާރާ ހަވާލުވެވަޑައިގެންނެވި ޔޫނުސަށް ރައީސްގެ މަރުހަބާ
ބަންގްލަދޭޝްގައި އެކުލަވައިލި ވަގުތީ ސަރުކާރާ ހަވާލުވެވަޑައިގެންނެވި މުހައްމަދު ޔޫނުސް
ބަންގްލަދޭޝްގައި އެކުލަވާލި ވަގުތީ ސަރުކާރުގެ ވެރިޔަކަށް ހަމަޖެއްސި މުހައްމަދު ޔޫނުސް އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ސިވިލް ސާވިސް ވަޒީފާއަށް މީހުން ނެގުމުގެ ސިޔާސަތުތަކާ ދެކޮޅަށް ފެށި ސިލްސިލާ މުޒާހާރަތައް އެންމެ ފަހުން ބޮޑު ހަމަނުޖެހުމަށް ބަދަލުވެ ބޮޑު ލޭއޮހޮރުވުމަކާ ދިމާއަށް މިސްރާބު ޖަހާފައި ވަނިކޮށް ބޮޑުވަޒީރު ޝައިހް ހަސީނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާ އެ ގައުމު ވެސް ދޫކުރައްވާ ވަޑައިގެންފަ އެވެ.

އަސްކަރިއްޔާގެ އެހީތެރިކަމާ އެކު އެ ގައުމުގެ މައި ސިޔާސީ ޕާޓީތަކުން މަޝްވަރާކޮށް ވަގުތީ ސަރުކާރެއް ވަނީ އެކުލަވާފަ އެވެ. ވެރިއަކަށް ހަމަޖެއްސެވީ އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މުހައްމަދު ޔޫނުސް އެވެ. އޭނާ އަކީ ނޯބެލް އިނާމު ވެސް ހާސިލުކުރައްވާފައިވާ ބަންގްލަދޭޝް ގައި ވަރަށް މަގުބޫލު ލީޑަރެކެވެ. 

ރައީސް މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޔޫނުސް އަށް މަރުހަބާ ދަންނަވާ ކަމަށާއި ރާއްޖެ އިން އެދެނީ އޭނާގެ ލީޑަޝިޕްގައި ބަންގްލަދޭޝަށް އެއްބައިވަންތަކަމާއި ހަމަޖެހުން ކަމަށެވެ.

އުމުރުން 84 އަހަރުފުޅުގެ ޔޫނުސް ވަނީ މަގާމާއި ހަވާލުވެވަޑައިގަތުމަށް ބަންގްލަދޭޝް އަށް މިއަދު ވަޑައިގެންފަ އެވެ. އިގްތިސާދީ ތަޖުރިބާކާރެއް ކަަމަށްވާ ޔޫނުސް ސިފަ ކުރެއްވި ގޮތުގައި ބަންގަލްދޭޝް އަށް މިއީ ދެވަނަ ފަހަރަށް މިނިވަން ކަން ލިބުން ފަދަ ކަމެކެވެ.

ޔޫނުސްއަކީ ބަންގްލަދޭޝްގެ ފަގީރު އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭން ހަރުދަނާ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ޔޫނުސްއަކީ މީގެ ކުރިން، ހަސީނާ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވާ ބޭފުޅެއް ވެސްމެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު