ޚަބަރު
މިނިސްޓަރު ޒަމީރު ސައުދީ އަށް ފުރާވަޑައިގެންފި
މަރުކަޒީ ބޭންކުގެ ގަވަރުނަރު އަހްމަދު މުނައްވަރާއި ފޮރިންް މިނިސްޓަރު މޫސާ ޒަމީރު، ރަސްމީ ދަތުރުފުޅެއް ގައި ސައުދިއަރަބިއްޔާއަށް ފުރާވަޑައިގެންފި އެވެ.

ދިވެހި ހާރިޖިއްޔާ އިން ބުނި ގޮތުގައި މިއީ ސައުދީ ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން ސައުދީގެ ވަލީއަހުދު / އަދި ނުފޫޒު ގަދަ ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާ ސިޓީފުޅެއް ރައްދު ކުރައްވާނެ ކަމަށް ހާރިޖިއްޔާ އިން ބުނެ އެވެ.

އަދި ސައުދިއަރަބިއްޔާގެ ހާރިޖީ ވަޒީރާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުންނާއި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

މިދަތުރުފުޅުގައި، މިނިސްޓަރ ޒަމީރު ސަޢޫދީ ސަރުކާރުގެ އެހެނިހެން އިސް ވެރިންނާއި ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓްއާ ބައްދަލުކުރެއްވުމުގެ އިތުރުން، ރިޔާދުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މި އަހަރަކީ، ރާއްޖެއާއި ސައުދިއަރަބިއްޔާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރެވުނުތާ 43 އަހަރު ފުރޭ އަހަރެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު