ޚަބަރު
މިނިސްޓަރު ޒަމީރު ސައުދީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ސައުދީ އަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިފި އެވެ.

4 ދުވަހުގެ މި ދަތުރުފުޅަކީ ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރ ޕްރިންސް ފައިސަލް ބިން ފަރްހާން އަލް-ސައުދުގެ ދައުވަތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.

މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ފަރާތްޕުޅުން ސައުދީ އަރަބިއްޔާގެ ޢަހުދުވެރި ރަސްކަލުންނާއި ބޮޑުވަޒީރު ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް-ސައޫދަށް އެޑްރެސްކޮށްފައިވާ ސިޓީފުޅެއް އަރުވައިފައި ވާކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.

ހާރިޖީ ވަޒީރު ޕްރިންސް ފައިސަލްއާއެކު ބޭއްވުނު ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ދިގު މުއްދަތުގެ އަހުވަންތަ ގުޅުމާއި، ދެ ފަރާތަށް މަންފާކުރާނެ ދާއިރާތަކުގައި ކުރިމަގުގައި އެއްބާރުލުން ދެވިދާނެ ގޮތްތަކާ ބެހޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައި ކަމަށް މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.

މިނިސްޓަރު ޒަމީރު ވަނީ ސައުދީ އަރަބިއްޔާ ސަރުކާރުގެ އެހެން އިސް ބޭފުޅުންނާއި ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ބޭފުޅުންނާވެސް ބައްދަލުކުރައްވާފައެވެ. އަދި ރިޔާދުގައި ދިރިއުޅުއްވާ ދިވެހިންނާ ބައްދަލުކުރައްވައި މިިނިސްޓަރު ވަނީ އެ ބޭފުޅުންގެ ހާލު ބައްލަވާފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު