ޚަބަރު
ބަހަނާ ނުދައްކާ މާލީ އިސްލާހުތައް ގެނައުން އަވަސްކުރޭ
ބަހަނާ ނުދައްކާ މާލީ އިސްލާހުތައް ގެނައުން އަވަސްކުރުމަށް އިދިކޮޅު އެމްޑީޕީން ސަރުކާރަށް ގޮވާލައިފި އެވެ.

އެ ޕާޓީން މިރޭ ނެރުނު ނޫސް ބަޔާނެއްގައިވަނީ ވޭތުވެދިޔަ ތިން މަހުގެ ތެރޭގައި ދެވަނަ ފަހަރަށް، އަދި އެއްފަހަރާ ތިން ދަރަޖަ ތިރިއަށް، ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރިޔާސީ އިންތިހާބަށް ފަހު ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައި ނުވާއިރު މިއީ އެމްޑީޕީ ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ބައިނަލްއަގުވާމީ އިދާރާތަކުގެ އިތުބާރު އޮތް ކަމާއި އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ ކަމުގެ ޔަގީންކަން އެ އިދާރާތަކަށް އޮތްކަން ދައްކުވައިދޭ ކަމެއް ކަމަށް ވެސް ބުންޏެވެ.

އަދި ވޭތުވެދިޔަ ތިން މަހުގެ ތެރޭގައި ދެވަނަ ފަހަރަށް، އަދި އެއްފަހަރާ ތިން ދަރަޖަ ތިރިއަށް ކްރެޑިޓް ރޭޓިން ދަށްކުރުމުން ދައްކުވައިދެނީ މިހާރުގެ ސަރުކާރުން ގެންގުޅޭ ދޯހަޅި ސިޔާސަތުގެ ސަބަބުން މާލީ ހާލަތު އިންތިހާއަށް ގޯސްވަމުންދާ ކަން ކަމަށާ މާލީ ހާލަތު ގޯސްވަމުންދާކަން ރަމްޒުކޮށްދޭ ކަންކަމުގެ ތެރޭގައި ދައުލަތުގެ ހަރަދު ބޮޑުވުމާއި މާލީ އިސްލާހުތައް ލަސްކުރުމާއި ރާއްޖޭގެ ރަސްމީ ރިޒާވް މެނޭޖްނުކުރެވި ދަށަށް ދިއުމާއި ބޭރުން ފައިސާ ހޯދުމަށް ނުކުޅެދިފައިވުން ހިމެނޭ ކަމަށެވެ.

އެމްޑީޕީން ވަނީ ރޭޓިން ދަށްކުރުމަށް މެދުވެރިވި ސަބަބުތައް ވަރަށް ތަފްސީލުކޮށް ފާހަގަ ކޮށްފަ އެވެ. އަދި ރޭޓިން ރަނގަޅު ކުރުމަށް އަވަސް ފިޔަވަޅު އެޅުމަށް ގޮވާލާފައިވެ އެވެ. 

ކްރެޑިޓް ރޭޓިން މަތިވާނެ ކަންކަމުގެ ގޮތުގައި ފިޗުން ފާހަގަކޮށްފައިވަނީ ބޭރުގެ ފައިނޭންސް ހޯދުމާއި މާލީ އިސްލާހުތައް ގެނައުމުގައި ފާހަގަކުރެވޭ ކުރިއެރުން ހޯދުންކަން ފާހަގަކޮށް، މި ކަންކަން ލަސްނުކޮށް ކުރުމަށް ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު