ޚަބަރު
އެޗްޑީސީގެ ހިއްސާ ވިއްކުމަށް ތައްޔާރުވަނީ
އެޗްޑީސީ އޮފީސް
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ ޙިއްސާ އާއްމުންނަށް ވިއްކުމަށް މަސައްކަތްކުރަމުން ގެންދަވާކަމަށްސަރުކާރުން ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ ކެބިނެޓްގެ މިއަދުގެ ބައްދަލުވުމަށްފަހު ވަޒީރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އެވެ.

"މިއަދު ކެބިނެޓުގައި ނުނިންމެވި ނަމަވެސް، ރައީސް ވިސްނަވާފައި އޮތީ އެޗްޑީސީއަކީ އާންމުންގެ ހިއްސާ ވެސް އޮންނަ ކުންފުންޏަކަށް ހަދަން، ޕަބްލިކް ލިމިޓެޑް ކޮމްޕެނީއެއް ގޮތަށް،" ހައިދަރު ވިދާޅުވި އެވެ.

ހައިދަރު ވިދާޅުވީ އެކަމާ ގުޅިގެން ހަދަން ޖެހޭ ދިރާސާތައް ހެދުމަށްފަހު ކުރިއަށް އޮތް ދުވަސްތަކުގައި އެކަމާ ގުޅޭ މައުލޫމާތުތައް ހިއްސާ ކުރާނެ ކަމަށެވެ.

ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ އެޗްޑީސީއަކީ ހުޅުމާލޭގެ އެކި ތަރައްގީގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންގޮސް، ޕްލޭން ކުރަމުންދާ ކުންފުންޏެކެވެ.

ބޯހިޔާވަހިކަމާއި އާބަން ޑިވެލޮޕްމެންޓްގެ ރިއަލް އެސްޓޭޓްގެ ވިޔަފާރީގައި ރާއްޖޭގައި އެންމެ ކުރީގައި އެޗް.ޑީ.ސީ އުފެއްދީ، 2001 ވަނަ އަހަރުއެވެ،

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު