ވިޔަފާރި
ހުޅުމާލެއިން ދޫކުރާ ޕޮކެޓް ޕާކިން ސްލޮޓްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި
ހުޅުމާލޭގެ "ޕޮކެޓް ޕާކިން" ޒޯނުތަކުން ޕާކު ކުރާނެ ޖާގައަށް އެދުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފި އެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ އޭގެ ތެރޭގައި ހިމެނެނީ ހުޅުމާލޭގައި ގާއިމްކޮށްފައިވާ އަށް ޒޯނަކުން ދޫކުރާ 1،374 ޕާކިން ޖާގަ ކަމަށެވެ. އަދި އެއް އަހަރު ދުވަހުގެ މުއްދަތަށް ދޫކުރާ އެ ޕާކިން ޖާގަތަކުގެ މަހު ކުއްޔަކީ 2،000ރ. ކަމަށް ވެސް ބަޔާނުގައިވެއެވެ. 

އުމުރުން 18 ފުރިފައިވާ ކޮންމެ ދިވެއްސަކަށް ވެސް ޕާކިން ޖާގައަށް ކުރިމަތިލެވޭނެ އެވެ.

އެޗްޑީސީން ބުނި ގޮތުގައި ޕާކިން ޖާގައަށް ހުށަހެޅޭނީ މާލޭ ސަރަހައްދަށް ރަޖިސްޓްރީކޮށްފައިވާ ކެޓަގަރީ B1 ނުވަތަ C1 ގެ ވެހިކަލެއް އޮންނަ މީހުންނަށެވެ. ޕާކިން ހޯދަން ހުށަހަޅާ މީހަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ މީހަކަށް ވާން ޖެހޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ޕާކިން ސްލޮޓުތައް ދޫކުރުމުގައި ފުރަތަމަ އިސްކަންދޭން ނިންމާފައި ވަނީ ހުޅުމާލެއަށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކަށެވެ. ހުޅުމާލެ ފިޔަވައި މާލެ ސަރަހައްދަށް ރަޖިސްޓްރީކޮށްފައިވާ އެހެން ވެހިކަލްތަކަށް ޕާކިން ޖާގަ ދޫކުރަން ނިންމާފައި ވަނީ އެ ވެހިކަލްތަކަށް ފަހު ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

ހުޅުމާލެއިން ޕާކިން ޖާގަ ކުއްޔަށް ހިފުމަށް ފޯމު ހުށަހެޅުމާ ގުޅޭ އިތުރު މައުލޫމާތު އެޗްޑީސީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާނެ ކަމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ، އެޗްޑީސީގެ ނަންބަރު 1516 އަށް ގުޅުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު