ޚަބަރު
ހުޅުމާލޭ ދެވަނަ ފިޔަވަހިން އިތުރު ބިންތަކެއް ވިއްކަނީ
ހުޅުމާލެ 2 ގެ ބީޗް ފްރޮންޓް ސަރަހައްދު: މި ސަރަހައްދުން 1096 ވިއްކަން މިހާރު ވަނީ ހުޅުވާލާފައި. -
ހުޅުމާލޭ ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން އިތުރު ބިން ވިއްކަން ހައުސިން ޑިވެލޮޕްމަންޓު (އެޗްޑީސީ)އިން މިއަދު އިއުލާނުކޮށްފި އެވެ.

އެ ކުންފުނިން ކުރި އިއުލާނެއްގައިވާ ގޮތުން ބީޗް ފްރޮންޓުން ވިއްކަނީ 1،096 އަކަފޫޓާއި 3،252 އަކަފޫޓާ ދެމެދުގެ ބިމެވެ. އެ ތަންތަން ވިއްކަނީ އަކަފޫޓެއް 4،500ރ. އަށެވެ. އެހެންވެ، ބީޗް ފްރޮންޓުން ވިއްކާ ގޯތީގެ އަގު އުޅޭނީ 4.9 މިލިއަން ރުފިޔާ އާއި 14.6 މިލިއަން ރުފިޔާއާ ދެމެދުގަ އެވެ.

ބީޗް ސައިޑުން ވިއްކަނީ 1،441 އަކަފޫޓާއި 3،380 އަކަފޫޓާ ދެމެދުގެ އަގެއްގަ އެވެ. ބީޗް ސައިޑުން ބިން ވިއްކަނީ އަކަފޫޓެއް 4،000ރ. އާ ދެމެދުގެ އަގެއްގަ އެވެ. އެ ތަންތަނުގެ އަގު އުޅެނީ 5.8 މިލިއަން ރުފިޔާ އާއި 13.5 މިލިއަން ރުފިޔާ އާ ދެމެދުގަ އެވެ.

މި ބިންތައް ވިއްކަން އެޗްޑީސީން ހުޅުވާލީ ހަމައެކަނި ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށެވެ. އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބީލަމަށް ކުރިމަތިލެވޭނެ އެވެ. ބީލަން ހުށަހަޅަނީ ކުންފުންޏަކުން ނަމަ އެއީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ 100 ޕަސެންޓް ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވާން ޖެހެ އެވެ.

މީގެ އިތުރުން، ބިން ވިއްކުން ކުރިއަށް ގެންދަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަމަށްވާއިރު، ފުރަތަމަ މަރުހަލާއަކީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުން ކަމަށް އެޗްޑީސީން ބުނެއެވެ. އަދި، ދެވަނަ މަރުހަލާއަކީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައިވާ ނަމަ، ބިޑް ކުރުމެވެ.

ބީޗް ފްރަންޓް ބިންތަކުގެ ބީލަން ފެށޭ އަގަކީ 4،500 ރުފިޔާ ކަމަށްވާއިރު، ބީޗް ސައިޑުން ވިއްކާ ބިންތަކުގެ ބީލަން ފެށޭ އަގަކީ 4،000 ރުފިޔާއެވެ. ކޮންމެ ފަރާތަކަށް ވެސް އެއް ބިމަށްވުރެ ގިނަ ބިން ގަތުމަށް އެދި އީއޯއައި ހުށަހެޅޭނެ އެވެ.

މިހާރު ވިއްކުމަށް ހުޅުވާލެވިފައިވާ ބިންތަކުގެ މައުލޫމާތު އެޗްޑީސީގެ އޮންލައިން ބިޑް ޕޯޓަލް މެދުވެރިކޮށް ލިބޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު