ޚަބަރު
ރޭސިންއަށް ދީފައިވާ ހުއްދަ ވަގުތުން ބާތިލު ކުރަން ރައީސް އަންގަވައިފި
ހުޅުމާލޭން ރޭސިން އަދި ޑްރިފްޓިން އަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދީފައިވާ ހުއްދަ ބާތިލްކުރުމާ އެކު، ހަރުކަށި ފިޔަވަޅުތަކެއް އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ނިންމަވައި އެ ފިޔަވަޅުތައް އިއުލާން ކުރައްވައިފި އެވެ.

ރޭސިން އަދި ޑްރިފްޓިންއަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުން ކުރުމަށް ހުއްދަ ދީފައި އޮވެ އެވެ. އެއީ ކުރީ ސަރުކާރުން އޮކްޓޫބަރު 19، 2023 ގައި ދީފައިވާ ހުއްދަ އެކެވެ.

ރާއްޖޭގެ މަގުތަކަކީ ރައްކާތެރި ތަންތަނަށް ހެދުމަށް ކަމާގުޅޭ މުއައްސަސާތަކަށް ރައީސް މިއަދު ވަނީ ވަކިވަކިން އެންގެވުންތަކެއް އަންގަވާފަ އެވެ.

އެގޮތުން އެއް ކަމަކަށް އެންގެވީ ރޭސިން އަދި ޑްރިފްޓިންއަށް ހުޅުމާލޭގެ ވަކި ސަރަހައްދުތަކެއް ބޭނުން ކުރުމަށް ދީފައިވާ ހުއްދަ ވަގުތުން ބާތިލު ކުރުމަށެވެ.

މިފަދަ އެންގެވުމެއް ރައީސް މި އެންގެވީ ބާރު ސްޕީޑްގައި ދުއްވި ކޭސިން ކާރަކުން ޖެހި 23 އަހަރުގެ ޒުވާނަކު ރޭ މަރުވުމާއި ގުޅިގެންނެވެ. ކާރުން ޖެހި އެކްސިޑެންޓް ވުމާއެކު ވަގުތުން އެ ޒުވާނާ މަރުވި އެވެ.


 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު