ޚަބަރު
ސާހިލް އަމިއްލައަށް ކޯޓުގައި ޖަވާބުދާރީ ވަނީ
ޝިއާއުގެ މަރުގެ މައްސަލައިގައި ޝާހިލް ބޭނުންވަނީ އަމިއްލައަށް ދައުވާ އާއިގެން ކުރިއަށް ދާން
ހ. ޝީރީންވިލާ ގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ އަލީ ޝާހިލް ބޭނުންވަނީ ދިފާއީ ވަކީލަކާ ނުލައި ޝަރީއަތް ހިންގަން ކަމަށް އޭނާ ކޯޓުގައި ބުނެފި އެވެ.

މާލޭގެ ގެއެއްގެ ތެރޭގައި ޝިއާއު މުހައްމަދު ސައީދު މަރާލުމަށް ފަހު އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލާގައި ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލްގެ މައްޗަށް ފަސް ދައުވާއެއް ކުރާއިރު، އެ ދައުވާތަކުގެ ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރު ކޮށްގެންނެވެ.

ކްރިމިނަލް ކޯޓުން ބުނި ގޮތުގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ސާހިލް އަމިއްލައަށް ދައުވާ ކުރިއަށް ގެންދަން ބޭނުންވާތީ ބަންޑާރަ ނައިބުގެ އޮފީހުން ހަމަޖެއްސި ދައުލަތުގެ ވަކީލް ވަނީ ދޫކޮށްލާފަ އެވެ. އަދި މައްސަލައިގެ ހުރިހާ ލިޔެކިޔުމެއް ހޯދުމަށް ފަހު ސާހިލް އާ ހަވާލުކުރަން ޝަރީއަތުން ވަނީ އަންގައިފަ އެވެ.

"އަލީ ޝާހިލް އަމިއްލައަށް ދައުވާ ކުރިއަށް ގެންދަން ބޭނުންވާތީ އެޓާނީ ޖެނެރަލް އޮފީސް (އޭޖީ އޮފީސް) އިން ހަމަޖައްސާ ދިން ވަކީލުންނަށް ދޫކޮށްފައި ހުރި ލިޔުންތައް ހޯދުމަށްފަހު އަލީ ޝާހިލް އާ ހަވާލުކުރުމަށް،" ކޯޓުން ފޮނުވި މެސެޖުގައި ބުނެފައި އޮތެވެ.

މީގެ އިތުރުން އެ މެސެޖުގައި ބުނެފައިވަނީ ހެކި ރައްކާތެރިކުރުމުގެ އަމުރު ނެރިފައިވާ ލިޔުންތައް ބެލުމަށް ޝާހިލް ބޭނުންވާތީ އެ ލިޔުންތައް ބެލުމުގެ ކަންކަން ކޯޓު މެދުވެރިކޮށް ބެލޭނެ ގޮތެއް އޭނާއަށް ހަމަޖައްސައިދޭނެ ކަމަށެވެ.

އެ މައްސަލައިގައި ދެން އޮންނާނީ ދައުވާ ހުށައަޅައި، ދައުވާއަށް ޖަވާބުދާރީވުމަށް ފުރުސަތު ދިނުމެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު