ޚަބަރު
ސްޕޯޓްސް ކާރަކުން ޖެހި، ޒުވާނަކު މަރުވެއްޖެ، ކާރު ދުއްވަން އިން މީހާ ހައްޔަރު
އެކްސިޑެންޓުގައި މަރުވި ހަސަން ސަމާހް، 23.
ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރިން، އުރީދޫ އޮފީސް އިމާރާތް ކުރިމަތީގައި އެ އެކްސިޑެންޓު ހިނގާފައިވަނީ ރޭ ފަތިހު 4 ޖަހާކަންހާއިރު އެވެ.

އެ އެކްސިޑެންޓުގައި ޒުވާނާގެ ބޮލާއި މޫނު މައްޗަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބުނު އިރު ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އެ ޒުވާނާ މަރުވެފައިވާ ކަމަށް އެނގިފައިވެ އެވެ.

ފުލުހުން ބުނީ އެކްސިޑެންޓްވި ކާރު ދުއްވަން އިން މީހާ ހައްޔަރުކޮށްފައިވާ ކަމަށާ އެއީ އުމުރުން 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މި އެކްސިޑެންޓްގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ރޭ މެންދަމުން 2:48 އެހާކަށް ހާއިރު އެވެ.

އިއްޔެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ވެސް ޒުވާނަކު ވަރަށް ބޮޑަށް ޒަހަމްވެ، ވެންޓިލޭޓަރުގައި ދަނީ ފަރުވާދެމުންނެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު