ޚަބަރު
ކޮމިޝަނަރު އަލީ ޝުޖާއުގެ ބައްޕަ އަވަހާރަވެއްޖެ
ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުގެ ބައްޕަ -- ހއ. ހޯރަފުށި، ވާދީނަޝީދު، އަބްދުއްސަލާމް އަލީ
ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުގެ ބައްޕަ -- ހއ. ހޯރަފުށި، ވާދީނަޝީދު، އަބްދުއްސަލާމް އަލީ (89 އ) އަވަހާރަވެއްޖެ އެވެ.

ސަލާމް އަވަހާރަވުމާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ. ރައީސްގެ މެސެޖުގައި ވިދާޅުވީ ‏ސަލާމް އަވަހާރަވި ހަބަރު އަޑުއެހީ ފުން ހިތާމައާއެކު ކަމަށެވެ.

މަރުހޫމް އަބްދުއްސަލާމް އަކީ، ހޯރަފުށީގައި އިމާމުވެ ނަމާދުކުރެއްވުމުގައި ދިގު މުއްދަތެއް ހޭދަކުރައްވައި ރައްޔިތުންގެ އިހްތިރާމް ހޯއްދަވާފައިވާ ދީންވެރި، ހުލްގު ހެޔޮ ބޭފުޅެެއް ކަަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މާތްﷲގެ ތަނަވަސް ރަހްމަތާއި ރުހިވޮޑިގަތުމުގައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި، މަރުހޫމް އަބްދުއްސަލާމް އަލީ ލަހައްޓަވާށިއެވެ. އާމީން،" ރައީސް ވިދާޅުވެފައިވެ އެވެ.

އަބްދުއްސަލާމް ނުވަތަ ހޯރަފުށި މީހުންގެ އާންމު ނަމުންނަމަ "މުދިންމަނިކު" ނިޔާވީ މިއަދުގެ ވަގުތެއްގައި މާލޭގައި ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.


 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު