ޚަބަރު
އިކްރާމްގެ ބަންދަށް އިތުުރު 30 ދުވަސް ޖަހައިފި
ހުޅުމާލޭގައި ސައިކަލުގައި މަޑުކޮށްލައިގެން އިން މީހެއް ގައިގައި ޖެހުނު ކާރުގައި ތިބި ތިން މީހުން:
ގަވާއިދާ ޚިލާފަށް ބާރު ސުޕީޑުގައި ދުއްވާފައި ދިޔަ ކާރެއް، ސައިކަލެއްގައި ޖެހި ޖުލައި 31 ވަނަ ދުވަހު ހިނގި އެކްސިޑެންޓުގައި ކާރު ދުއްވަން އިން އިބުރާހިމް އިކުރާމް ކޯޓު އަމުރެއްގެ ދަށުން އިތުރު 30 ބަންދުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އިކްރާމް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓައި އިއްޔެ ވަނީ ދޫވެފަ އެވެ. އޭނާ ބަންދުން ދޫވެފައި ވަނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމި މަޖިލީހުގައި އޭނާއަށް ވަކީލެއްގެ ފުރުސަތު ލިބިފައި ނުވާތީ އެވެ. ހައިކޯޓުގައި އެ އަމުރު އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ އެ އަމުރު ބާތިލުކޮށްފަ އެވެ.

ކޯޓު އަމުރެއްގެ ދަށުން އޭނާ އަލުން ހައްޔަރު ކޮށްފައިވަނީ މި މަހުގެ ދެވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އޭނާގެ ބަންދާމެދު ގޮތް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ފުރަތަމަ ދިނީ ތިން ދުވަހުގެ ބަންދުގެ މުއްދަތެކެވެ. ފުލުހުން ބުނީ އެ މުއްދަތު ހަމަވުމުން ކޯޓަށް ހާޒިރު ކުރުމުން އިތުރު 30 ދުވަސް ޖަހާފައިވާ ކަމަށެވެ. 

މި އެކްސިޑެންޓުގައި އަނިޔާވީ ސައިކަލު ދުއްވަން އިން މީހާއަށެވެ. އޭނާއަށް މިވަގުތު ފަރުވާ ދެނީ އައިޖީއެމްއެޗުގެ ވޯޑުގައެވެ. އެކްސިޑެންޓުގައި އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތެރޭގައި ގައިގެ ތަންތަން މަށައިގެން ގޮސް މޫނުމަތީގެ ކަށިތައް ބިނދިފައިވުން ހިމެނެއެވެ.

މި އެކްސިޑެންޓުގެ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު، ވީޑިއޯއިން ފެންނަނީ ޒުވާނާ ސައިކަލު މަތީގައި އިންދާ އެހެން މަގަކުން ނުކުމެގެން އަންނަ ކާރެއް ކޮންޓްރޯލުން ނެއްޓިގެންގޮސް ސައިކަލުގައި ޖެހޭ މަންޒަރެވެ.

މި މައްސަލައިގައި ކާރުގައި ތިބި ތިން މީހުން ހޯދުމަށްފަހު އެރޭ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

އެއީ، އިކްރާމްގެ އިތުރުން ހ. ނޫރަންމާގެއާގޭ އިކްރާމުއްރަހުމާނާއި ގއ. ކަނޑުހުޅުދޫ އާޒާދު، ޖިނާހު އިސްމާއީލެވެ. ދެން ތިބި ދެ މީހުން ވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

މިއަދުވެސް ވަނީ ބާރަށް ދުއްވީ ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފައެވެ. އެ އެކްސިޑެންޓްގައި 23 އަހަރުގެ ޒުވާން ފިިރިހެނަކު ނިޔާވެފައި ވެއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ރޭ އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ސައިކަލެއްގައި ޖެހިގެންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު