ޚަބަރު
ހަތް ގައުމެއްގެ ސަފީރުން ރައީސަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
7 ޤައުމަކުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރުން، މަޤާމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަރުވައިފި އެވެ.

މިއަދު ހެދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުތަކެއްގައި ރައީސަށް ފަތްކޮޅު އަރުވާފައިވަނީ، ގަތަރު، ޖޯޖިއާ، ވިއެޓްނާމް، ބަލްގޭރިއާ، އަޒަރްބައިޖާން، ޖުބީޓީ އަދި އަލްޖީރިއާގެ ސަފީރުންނެވެ.

އެ ރަސްމިއްޔާތުތަކަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ސަފީރުން ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފަ އެވެ.

އަލަށް ކަނޑައެޅި ސަފީރުން

  • ގަތަރު އިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރު ޖާސިމް ބިން ޖަބާ ޖޭ.ބީ އަލް-ސޮރޯ
  • ޖޯޖިއާ އިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރު ވަހްޓަންގް ޖައޮޝްވިލި
  • ވިއެޓްނާމް އިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރު ތްރިން ތި ތަމް
  • ބަލްގޭރިއާ އިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރު ޑރ ނިކޮލެއި ޔަންކޮވް
  • އަޒަރްބައިޖާން އިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރު އެލްޗިން ނަރިމަންް އޮގްލު ހުސޭންލި
  • ޖުބީޓީ އިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރު އިއްސެ އަބްދިއްލާހި އައްސޮވެހް
  • އަލްޖީރިއާ އިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރު ޑރ އަލީ އައްޗޫ
މި ޤައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރުން އެބޭފުޅުންގެ މަގާމުގެ ފަތްކޮޅު ރައީސްއަށް އެރުވުމަށް ވަކިވަކިން ބޭއްވެވި ރަސްމިއްޔާތުތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެބޭފުޅުންނާއި ބައްދަލުކުރައްވާ މަރުހަބާ ވިދާޅުވެފަ އެވެ. 

އަދި އެބޭފުޅުންގެ ސަފީރުކަމުގެ ދައުރުގައި ދިވެހިރާއްޖެއާއި އެ ގައުމުތަކާއެކު އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު