ޚަބަރު
ކޮމިއުނިކޭޝަން އޮތޯރިޓީ، ހޯމްލޭންޑް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އަލަށް އުފެއްދެވި ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދިޔަ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި އެވެ.

އެ މަނިކުފާނު މަގާމުގެ ހުވާކުރެއްވުމަށް ފަހު، އިދާރާތަކުގެ މަސައްކަތްތައް އެކުލަވައިލިއިރު، ކޭމް ހިންގަން ކަނޑައެޅުއްވީ އަލަށް އުފެއްދި ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ދަށުންނެވެ.

އެކަމަކު، ރައީސް އޮފީހުން މިއަދު ނެރުނު ދެންނެވުމެއްގައި ބުނީ، ކޭމް އަކީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި މިހާރު ހަމަޖައްސަވާފައިވާ ކަމަށެވެ. ރައީސް އޮފީހުގެ ދެންނެވުމުގައި ބުނިގޮތުގައި ގާނޫނު އަސާސީގެ 116 ވަނަ މާއްދާއިން ރައީސަށް ލިބިދޭ އިހުތިޔާރުގެ ދަށުން އެ ބަދަލު މިހާރު ވަނީ ގެނެސްފަ އެވެ. 

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކޭމް ހިންގަމުން އައީ އެންވަޔަރަންމަންޓަލް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ދަށުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު