ޚަބަރު
އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރުކަމަށް ދާއޫދު
ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި މުހައްމަދު ދާއޫދު، އެސިސްޓެންޓް ކޮމިޝަނަރަކަށް ޕްރޮމޯޓްކޮށްފި އެވެ.

ދާއޫދަށް ޕްރޮމޯޝަން ހަވާލުކޮށްދެއްވީ ހޯމް މިނިސްޓަރު ޢަލީ އިޙްސާނެވެ.

ފުލުހުންގެ ހެޑް އޮފް ރޯޑް ޕޮލިސްގެ މަގާމާ ޑިޓެކްޓިވް އިންވެސްޓިގޭޝަން އޮފިސަރުގެ މަގާމުގެ އިތުރުން ޑްރަގް އެންފޯސް ޑިޕާޓްމެންޓް (ޑީއީޑީ)ގެ ޑެޕިއުޓީ ހެޑުގެ މަގާމުވެސް ދާއޫދު އަދާކޮށްފައިވެ އެވެ. ދާއޫދަކީ ހުޅުމާލޭ ފޮލިސް ސްޓޭޝަން ހެޑް ވެސް މެ އެވެ.

ފުލުހުންގެ އޭސީޕީގެ މަގާމަކީ އެ މުއައްސަސާގައި އިދާރީގޮތުން ޕްރޮމޯޝަން ދެވޭ އެންމެ މަތީ ރޭންކެވެ. ކޮމިޝަނަރ އަދި ޑެޕިއުޓީ ކޮމިޝަނަރގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވަނީ ރައީސުލްޖުމުހޫރިއްޔާއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު