ޚަބަރު
ކެބިނެޓް ސެކްރެޓަރީ ބީއެމްއެލްގެ ބޯޑަަށް
ކެބިނެޓް ސެކްރެޓަރީ އަހްމަދު އަލީ ހަބީބު، ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޯޑަށް އައްޔަންކުރަން ސަރުކާރުން ހުށަހަޅައިފި އެވެ.

ބީއެމްއެލްއިންވަނީ އަންނަ ހޮނިހިރުދުވަހު އެ ކުންފުނީގެ ބޯޑަށް ޑިރެކްޓަރުން އައްޔަަންކުރުމަށް އާދަޔާ ހިލާފު އާންމު ބައްދަލުވުމެއް ބާއްވަން ނިންމާފަ އެވެ. އެ ބައްދަލުވުމުގައި ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރުމަށް ސަރުކާރުންވަނީ ތިން ބޭފުޅެއްގެ ނަންފުޅު ފޮނުވާފަ އެވެ. 

ބީއެމްއެލް ބޯޑަށް އައްޔަންކުރަން ފޮނުވި ތިން ނަން

  • އަހްމަދު ހަބީބު
  • މުހައްމަދު ޝާހިދު
  • އަލީ އިރުފާން
ރައީސް އޮފީހުގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ހަބީބް ވަނީ އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރުކަން 15 ޖަނަވަރީ 2006 އިން ފެށިގެން މިދިޔަ އަހަރުގެ ނޮވެމްބަރު 16ގެ ނިޔަލަށް އަދާކުރައްވާފައެވެ.

ހަބީބް ވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބޯޑު ޑިރެކްޓަރުކަން އެޕްރީލް 2012 އިން ފެށިގެން ފެބުރުވަރީ 2019ގެ ނިޔަލަށް އަދާކުރައްވާފަ އެވެ.

އޭނާއަކީ އިނގިރޭސިވިލާތުގެ ޗާޓަޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސްގެ (ސީމާ) މެންބަރެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު