ވިޔަފާރި
އިގްތިސޯދާއި އިންވެސްޓްމަންޓް އިސްތިހާރު ކުރަން ހޮލީވުޑްގެ އެހީ ހޯދަނީ
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު - ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖެ އިޝްތިހާރު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރާއްޖެއާ ގުޅޭ ފިލްމެއް އުފެއްދޭނެ ގޮތެއް އޮތްތޯ ބަލައި، އެފަދަ ކުންފުންޏަކާ އެކު މިހާރު މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު، މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭގެ އިންވެސްޓްމަންޓާއި އިންވެސްޓްމަންޓް އަދި ކްރިއޭޓާ އިކޮނޮމީ އިސްތިހާރު ކުރަން ހޮލީވުޑްގެ ކުންފުންޏަކާއެކު މަސައްކަތް ފަށާފައިވާ ކަމަށެވެ. އެކަމަށްޓަކައި ކަނޑުއަޑީގެ މަޝްހޫރު ކާޓޫނު ފިލްމް ފައިންޑިން ނީމޯ ހެދި ފަރާތުގައި އެދިގެން މަސައްކަތް ތަކެއް ދަނީ ކުރަމުންނެވެ. 

"އަޅުގަނޑުމެންގެ ސިޓީއެއް ފޮނުވިން ފައިންޑިން ނީމޯ ސްޓޯރީ ލިޔުނު ފަރާތަށް. އެ މަސައްކަތުގެ ތެރެއިން ހޮލީވުޑްގެ ސްޓާޓްއަޕް ކުންފުންޏަކާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެން އެބޭފުޅުން ރާއްޖެ އައިސް ވަރަށް ގިނަ ފަރާތްތަކާ ބައްދަލު ވެސް ކޮށްފައި ވަނީ،" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ އެ ކުންފުނިން ރާއްޖެއަށް ދެވަނަ ދަތުރެއް ކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށާއި އުއްމީދަކީ އެކަން ކޮޅެއްގައި ޖެހުން ކަމަށެވެ.

މީގެއިތުރުން ކްރިއޭޓިވް އިކޮނޮމީއަކީ ދައުލަތް ދަންނަ ދާއިރާއަކަށް ހެދުމަށް ރައީސް މަސައްކަތް ކުރައްވާ ކަމަށާއި ބޭރުގެ އިންވެސްޓަރުންނަށް މި ދާއިރާގައި އިންވެސްޓް ކުރުމަށް މިނިސްޓްރީން ސިޔާސަތެއް ކަނޑައަޅާފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ. އެއާއެކު ކްރިއޭޓިވް އިކޮނޮމީ ހަބްގެ ބިންގާ އެޅި، އެކަމަށް ބޭނުންވާ ފައިސާ ހަމަޖެހި، އެ ހަބް އިމާރާތް ކުރުމުގެ މަސައްކަތް ބީސީސީން ކުރަމުންދާކަން ވެސް ސައީދު ފާހަގަކުރެއްވި އެވެ.

ރާއްޖެ ޕްރޮމޯޓު ކުރަން ހޮލީވުޑް ފިލްމެއް މިހާތަނަށް އުފައްދާފައި ނުވި ނަމަވެސް ރާއްޖޭގައި ހޮލީވުޑް ފިލްމުތަކުގެ މަންޒަރުތައް ނަގާފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު