ދުނިޔެ
އިސްރާއީލްގެ ހަމަލާތަކުގައި ލުބްނާނުން މަރުވި މީހުންގެ އަދަދު 500 އަށް
ލުބްނާނަށް އިސްރާއީލުން ފޮނުވާލި ހަމަލާއެއް:
އިސްރާއީލުން ލުބުނާނަށް މިހާތަނަށް ދިން އެންމެ ވަރުގަދަ ވައިގެ ހަމަލާ ދީފި އެވެ.

އިއްޔެ ދިން އެ ހަމަލާގައި މިހާތަނަށް 500 މީހުން ޝަހީދުކޮށްލައިފައިވާއިރު، އޭގެ ތެރޭގައި 32 ކުޑަކުދިންނާއި 69 އަންހެނުން ހިމެނޭ ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެ އެވެ.

މިއީ ލުބުނާންގައި 1975-1990 އަށް ހިނގި ދާހިލީ ހަނގުރާމައަށް ފަހު އެ ގައުމަށް ދިން އެންމެ ނުރައްކާތެރި ހަމަލާ އެވެ. 

އިސްރާއީލުން ބުނީ އިއްޔެ އެކަނި ލުބްނާނަށް 800 އަށް ވުރެ ގިނަ ހަމަލާ ދީފައިވާ ކަމަށެވެ.

މިއީ "ހިޒްބުﷲގެ ޓެރަރިސްޓުންގެ އަމާޒުތަކަށް ދިން ހަމަލާތަކެއް" ކަމަށް އަސްކަރިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ލުބްނާންގެ ގައުމީ ޓީވީން ބުނި ގޮތުގައި އިޒްރޭލުން ގެންދަނީ އިރުމަތީ ސަރަހައްދުތަކަށް ވެސް ހަމަލާ ދެމުންނެވެ. އަނެއްކޮޅުން ހިޒްބުﷲ އިން ވަނީ އިޒްރޭލުގެ ފަސް ތަނަކަށް ހަމަލާ ދީފައިވާ ކަމަށް ބުނެފަ އެވެ. ހިޒްބުﷲގެ ހަމަލާތަކުން ސަލާމަތްވާން އިޒްރޭލުގެ ހައިފާގައި އާންމުން އުޅޭ މަންޒަރުތައް ފެނިފައިވެ އެވެ.

ލުބްނާނުގެ ހެލްތު މިނިސްޓްރީން ބުނީ އިޒްރޭލުގެ ހަމަލާތަކުގައި 35 ކުޑަކުދިންނާއި 58 އަންހެނުންނާ އެކު 492 މީހުން މަރުވެ 1،645 މީހަކު ޒަހަމްވެފައިވާ ކަމަށެވެ. ހެލްތް މިނިސްޓަރު ފިރާސް އަބިއާދު ވިދާޅުވީ އެތައް ހާސް އާއިލާއެއްގެ ގެދޮރު ގެއްލިފައިވާ ކަމަށެވެ.

ޣައްޒާ އާއި އިޒްރޭލުގެ ދެކުނު ބޯޑަރުން ލުބުނާންގެ އުތުރުގައި ހަމަނުޖެހުންތައް ވަރުގަދަވުމާ އެކު ދުނިޔޭގެ ބާރުތަކުން އިޒްރޭލާއި ހިޒްބުﷲ އިން ހަނގުރާމައާ ދުރުވާން ދަނީ ގޮވާލަމުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު