ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ޑިޖިޓަލް އާކައިވް ޕްރޮޖެކްޓްގެ ޕްރޮޓޯޓައިޕް އިފްތިތާހުކޮށްފި
އައިމިނަތު ޝިޔާޒާ
08 އޮކްޓޫބަރ 2024 - 13:13
0
comments
Tweet
Telegram
ދިވެހިރާއްޖޭގެ ތާރީހާއި ރާއްޖެއާއި ގުޅޭ މައުލޫމާތު ރައްކާކުރުމަށް ގާއިމްކުރާ ޑިޖިޓަލް އާކައިވް ޕްރޮޖެކްޓްގެ ޕްރޮޓޯޓައިޕް އިފްތިތާހުކޮށްފި އެވެ.
މި ޑިޖިޓަލައިޒް ނިޒާމަކީ ދިވެހިރާއްޖޭގެ ތާރީހާއި ސަގާފަތާ، ރާއްޖޭގައި ހިންގަމުންދާ މުހިންމު މަސައްކަތްތަކުގެ މައުލޫމާތު އިންޓަނެޓްގައި ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ފައްޓަވާފައިވާ މަސައްކަތެކެވެ.
"ޑިޖިޓަލް އާކައިވް ޕްރޮޖެކްޓްގެ ޕްރޮޓޯޓައިޕް" އިފްތިތާޙުކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާޙިމް ވަޙީދު އަދި ޑިރެކްޓަރ ޖެނެރަލް އޮފް ދަ ނެޝަނަލް އަރކައިވްސް އޮފް މޯލްޑިވްސް މުހައްމަދު އާމިރު އަހްމަދު އެވެ.
އޯއޭއައިއެސް ކްލައުޑް އާއި ޖިއާރެޓާ އެސޯސިއޭޓްސް އަދި ދިވެހިރާއްޖޭގެ ގައުމީ އަރުޝީފްގެ މި ޕާޓްނަޝިޕްގެ ސަބަބުން ނަމްސްގެ ޑިޖިޓަލް ރެކޯޑްތައް ރައްކާތެރިކުރުމުގެ ގާބިލްކަން އިތުރުވެގެން ދިއުމާއި އެކު ކުދި ޖަޒީރާ ތަރައްގީވަމުން އަންނަ ދައުލަތްތަކަށް ޑިޖިޓަލް ރައްކާތެރިކުރުމުގެ ފުޅާ ޢިލްމާއި ތަޖުރިބާ ލިބިގެންދާނެއެވެ.
ޑީޕީޕީގެ ސަބަބުން ނެޝަނަލް އާކައިވްސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ލިބޭނެ ފައިދާތައް:
މުވައްޒަފުންނަށް އަމަލީ ތަޖުރިބާ ލިބުން
މުވައްޒަފުންގެ ބެސްޓް ޕްރެކްޓިސްތައް ދަސްކޮށް، އިންޑަސްޓްރީގެ ތަޖުރިބާކާރުން ތަމްރީނުކޮށް، ގާބިލުކަން އިތުރުވުން
ގާނޫނީ މަސްއޫލިއްޔަތުތަކާ އެއްގޮތަށް އަމަލުކުރުން
ސްޓްރެޓެޖިކް ޑިވެލޮޕްމަންޓް
ނެޓްވޯކިންއާއި ނޮލެޖް ޝެއާކުރުން
އެންމެ ޒަމާނީ ވަސީލަތްތަކާއެކު ގާއިމުކުރާ މި ނިޒާމު ގާއިމުކުރަނީ ބްރެޒިލްގެ ކުންފުންޏަކާއި ޔޫކޭގެ ކަމާބެހޭ ތަޖުރިބާކާރުންތަކަކާ ގުޅިގެންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު އިބްރާޙިމް ވަހީދު ވިދާޅުވީ، މި ނިޒާމުގެ ސަބަބުން މައުލޫމާތު ރައްކާކުރާ ގޮތްތަކަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އާންނާނެ ކަމަށެވެ.
މިނިޒާމަކީ ހަމައެކަނި ރާއްޖޭގެ ތާރީހު ބުނެދޭނެ ވެބްސައިޓެއް ނޫންކަމަށާއި، މިއީ ދުނިޔެއަށް ދިވެހިރާއްޖެ ބުނެދޭނެ މަސައްކަތަކަށް ވެގެންދާނެ ކަމަށާއި، މިއީ ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށްވެސް މުހިންމު މަސައްކަތެއް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
6 ދުވަސް ކުރިން
0
ކެލާގެ ރަށްވެހި އާސާރު ތަރައްގީކުރުމުގެ މަސައްކަތް އާރުޑީސީއަށް
1 މަސް ކުރިން
0
ދިވެހީންގެ ގޮތުގައި އަޅުގަނޑުމެން ދެމިތިބުމުގެ ސިއްރަކީ ދިވެހި ބަސް: ރައީސް
4 މަސް ކުރިން
0
ދިވެހި ގައުމިއްޔަތުގެ ދަރުބާރު ހުޅުވައިފި
7 މަސް ކުރިން
0
ދިވެހީންގެ ފަޚުރުވެރި ތާރީހުގެ ހެއްކަކީ ކާބަފައިން ދޫކޮށްފައިވާ އާސާރު: ރައީސް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ގައުމީ ސަލާމަތާގުޅޭ މަޝްރޫއުތަކަށް ކުރާ އިންވެސްޓްމަންޓް 100 މިލިއަން ޑޮލަރަށް ބޮޑުކޮށްފި
5 ގަޑިއިރު ކުރިން
0
ހޯރަފުށި ސިއްހީ މަރުކަޒުން ކުއްޖަކަށް ނުބައި ވެކްސިނެއް ދިން މައްސަލައެއް
6 ގަޑިއިރު ކުރިން
0
މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރަން ގޮވާލާ ޕެޓިޝަނެއް
8 ގަޑިއިރު ކުރިން
0
އީދު ކުލަގަދަކޮށް ފާހަގަކުރުމަށް އެހީވި ފަރާތްތަކަށް ރައީސް މުއިއްޒުގެ ޝުކުރު
12 ގަޑިއިރު ކުރިން
0