ވިޔަފާރި
އިންޑިއަން އޯޝަންގެ ބެސްޓް ސްޕާ ޑެސްޓިނޭޝަން އެވޯޑް ރާއްޖެއަށް
ވޯލްޑޯފް އެސްޓޯރިއާ ސްޕާމޯލްޑިވްސް އިތާފުށި ރިސޯޓް - ފޮޓޯ: އިތާފުށި
އިންޑިއަން އޯޝަންސް ބެސްޓް ސްޕާ ޑެސްޓިނޭޝަން 2024 އެވޯޑް ރާއްޖެއިން ކާމިޔާބުކޮށްފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ބުނީ އެ އެވޯޑު ލިބުމަކީ ސްޕާ އަދި ވެލްނެސް ދާއިރާއިން ދުނިޔޭގައި ފާހަގަކޮށްލެވޭ ޤައުމުތަކުގެ މެދުގައި ރާއްޖެއަށް ލިބުނު އިތުރު ޝަރަފެއް ކަމަށެވެ.

މިއީ ރާއްޖެއިން ލިބޭ ސްޕާ އަދި ވެލްނެސްގެ އާ އުފެންދުންތަކާއި ތަޖުރިބާތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ލިބޭ ހިތްހަމަޖެހުމާއި ފޯރުކޮށްދެމުން އަންނަ ހިދުމަތްތަކުގެ ނަތީޖާކަން އެމްއެމްޕީއާރުސީން ފާހަގަކޮށްފައިވެއެވެ.

މި އެވޯޑުގެ އިތުރުން ރާއްޖޭގެ ދެ ރިސޯޓަކަށް ވެސް ވަނީ އެވޯޑުތަކެއް ލިބިފަ އެވެ. އެއީ ޖޯލި ބީންގް ރިސޯޓަށް ލިބިފައިވާ މޯލްޑިވްސް ބެސްޓް ވެލްނެސް ރިޓްރީޓް 2024ގެ އެވޯޑާއި ވޯލްޑޯފް އެސްޓޯރިއާ ސްޕާ މޯލްޑިވްސް އިތާފުއްޓަށް ލިބުނު މޯލްޑިވްސް ބެސްޓް ރިސޯޓް ސްޕާ 2024ގެ އެވޯޑެވެ.

މި އެވޯޑުތަކަކީ ފަތުރުވެރިންގެ ވޯޓާއެކު ފަތުރުވެރިންގެ ތެރޭގައި އެންމެ މަގުބޫލު މަންޒިލުތަކަށް ލިބޭ އެވޯޑުތަކެކެވެ. މީގެ ސަބަބުން ސްޕާ އަދި ވެލްނެސް ދާއިރާއިން ރާއްޖެއަށް އިތުރު ޝަރަފެއް ލިބިގެންދެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު