ޚަބަރު
އަހަރުގެ އެންމެ މޮޅު ނޫސްވެރިޔަކަށް ޝަނާ
ފާތިމަތު ޝަނާ މުހައްމަދު
މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިއަކަށް، "މިހާރު" ގެ ފާތިމަތު ޝަނާ މުހައްމަދު ހޮވިއްޖެ އެވެ.

ރާއްޖޭގައި ނޫސްވެރިކަމުގެ ރޮނގުން އިނާމު ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބޭއްވި ހަފުލާގައި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑު ޝަނާ ހާސިލުކުރީ ކުޅަދާނަ ހަތަރު ނޫސްވެރިޔަކާއި ވާދަކޮށްގެންނެވެ. ޝަނާއަކީ މި އަހަރު މި މަގާމަށް ނޮމިނޭޓްވި ހަމައެކަނި އަންހެން ނޫސްވެރިޔާއެވެ.

އުމަރު ޒާހިރު އޮފީސް ބިލްޑިންގުގައި ބޭއްވި ހަފުލާގައި އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑު ހަވާލުކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަތީފެވެ

އުއްމީދީ ނޫސްވެރިއަކަށް ހޮވުނީ ނުކުތާ އޮންލައިންގެ މުހައްމަދު ޔަމީނެވެ.

އެވޯޑު ލިބުނު ނޫސްވެރިން

ސިޔާސީ ދާއިރާ: ހަސަން މުހައްމަދު/ އަދަދު

ގާނޫނީ ދާއިރާ: ނިއުމަތުﷲ އިދުރީސް/ މިހާރު

ވިޔަފާރިއާ އިގުތިސޯދު: ފާތިމަތު ޝަނާ މުހައްމަދު/ މިހާރު

ކުޅިވަރު ދާއިރާ: އައްޒާމް އަލިފުޅު/ އަދަދު

ތާރީހާއި ސަގާފަތު: މުހައްމަދު ހަމްދޫން/ މިހާރު

މުނިފޫހިފިލުވުމާއި ފަންނުވެރިކަން: ސައިފުﷲ އަހުމަދު/ ވަގުތު

ގްރެފިކްސް އަދި އިލެސްޓްރޭޝަން: މުހައްމަދު ނަބްހާން އިބްރާހިމް ދީދީ/ މެދުސަފުހާ، މިހާރު

ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީ: ޝަހުދާ މުހައްމަދު/ ދައުރު

ފީޗާ ރިޕޯޓު: މުޒައްޔިން ނާޒިމް/ ދައުރު

ވީޑިއޯ ޑޮކިއުމެންޓްރީ: ކަނދޮޅުދޫގެ ފަނޑުނުވި ހަނދާން/ އަދަދު

ތަހުގީގީ ނޫސްވެރިކަން: އަހުމަދު ނާއިފް/ ދައުރު

ތަހުގީގީ ނޫސްވެރިކަން އޯޑިއޯ/ވީޑިއޯ: އަހުމަދު އާއިދް/ އަދަދު

އަހަރުގެ އެންމެ މޮޅު ކަވަރޭޖް: މިހާރުގެ މެދުސަފުހާ/ ދިވެހި ފުޓުބޯޅައިން ވައި ހިނދި، ފައިސާ ގަދަވުން

މީގެ އިތުރުން މިރޭ ވަނީ "އާފަތިސް" ނޫހުގެ ކުރީގެ އެޑިޓަރު އަހުމަދު ޒާހިރު (ފެއަރީ ޒާހިރު) އަދި ދައުރު ނޫހުގެ އެޑިޓަރު މޫސާ ލަތީފަށް ނޫސްވެރިކަމުގެ ދާއިރާއިން ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ދެއްވާފައެވެ. މި ދެބޭފުޅުންނާ ވެސް އެވޯޑު ހަވާލު ކޮށްދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު