ޚަބަރު
ޕީއެސްއެމްގެ ބޯޑުގެ ނިންމުން ބަދަލުކޮށް މުސްތަފާގެ ވަޒީފާ އަލުން ދީފި
މީޑިއާކައުންސިލްގެ ރައީސް އަހުމަދު މުސްތަފާ
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ރައީސް އަހުމަދު މުސްތަފާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގައި އަދާކުރައްވަމުން ގެންދިޔަ ވަޒީފާއިން ރޭ ވަކިކުރުމަށް ފަހު، މިއަދު އަލުން އޭނާގެ ވަޒީފާ އިއާދަކޮށްފިއެވެ.

ޓީވީއެމް/ޕީއެސްއެމްގައި މަސައްކަތް ކުރައްވާތާ 30 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ މުސްތަފާ ޕީއެސްއެމުން ވަކިކުރި ސަބަބެއް ނުބުނެ އެވެ.

އެކަމަކު، މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި، އެމްއެމްސީ އެވޯޑު ހަފްލާގައި ތަހުގީގީ ދާއިރާއިން ނޫސްވެރިކަމުގެ އިނާމު ލިބުނު "އަދަދު" އޮންލައިންގެ "ސްކީލާން" ޑޮކިއުމެންޓްރީ ޕީއެސްއެމުން ލައިވްކޮށް ދައްކަން ޖެހުނު މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮންމަންމާފުޅު ސްކީލާން އެ މަނިކުފާނަށް ބޮޑެތި ތުހުމަތެއް ކުރައްވާފައިވާ ޑޮކިއުމަންޓްރީއެކެވެ.

މުސްތަފާގެ ވަޒީފާ އިއާދަކުރަން ނިންމީ، އޭނާ ވަޒީފާއިން ވަކިކުރި މައްސަލަ ޕީއެސްއެމްގެ ބޯޑަށް ހުށަހެޅުމުން، އެ މައްސަލަ ބެލުމަށްފަހު އެވެ.

އެވޯޑް ހަފްލާގައި ހިންގާދިޔަ ކަންތައްތަކާއި ގުޅިގެން މީޑިއާކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން އަހުމަދު މުސްތަފާ މިއަދު ނެރުއްވި ބަޔާނެއްގައި ބުނީ އެ ކައުންސިލުން ބޭއްވި އެވޯޑް ހަފްލާގެ އެއްވެސް ކަމެއްގައި ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން އޭނާގެ ސީދާ ބައިވެރިވުމެއް ނެތްކަމަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު