ޚަބަރު
ރާއްޖެއިން ދެ ބޭހަކުން ކެމިކަލް ފެނުމުން ވިއްކުން މަނާކޮށްފި
ތަދުކަނޑުވަން ކުޑަކުދިންނަށް ދޭ ސިރަޕެއްގައި ނުރައްކާތެރި ދެ ކެމިކަލެއް ހުރުމުން އެ ބޭސް ބޭނުން ކުރުން ވަގުތީގޮތުން މަނާކޮށްފި އެވެ.

އެމްއެފްޑީއޭއިން ބުނީ ކެމިކަލް ފެނުނީ ޕާކިސްތާނުގެ އެފްރޯޒް ކެމިކަލް އިންޑަސްޓްރީސްއިން އުފައްދާ މެފްނެކް ސުސްޕެންޝަންގެ 50 މިލިގްރާމް (މެފެނަމިކް އެސިޑް) އަދި މެލޭޝިއާގެ ކޯޓްރާ ފާމާއިން އުފައްދާ އެކްސެލް މެފެނެމިކް އެސިޑް ސަސްޕެންޝަން 125 މިލިގްރާމް (މެފެނެމިކް އެސިޑް) ކަމަށެވެ.

އެގޮތުން އެ ދެ ބޭހުގެ ކޮންފާމެޓްރީ ޓެސްޓު ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

އެމްއެފްޑީއޭއިން ބުނީ އެ އޮތޯރިޓީން ވަކި ގޮތެއް އަންގަންދެން އެ ދެ ބޭސް ރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި ބޭނުން ކުރުން ވަގުތީ ގޮތުން މަނާ ކޮށްފައިވާ ކަމަށެވެ.

އެހެންކަމުން މިވަގުތު ބޭސްފިހާރަތަކާއި ބޭސް ގުދަންތަކުގައި ހުރި އެ ދެ ބޭސް ސްޓޮކާއި ވަކިކޮށް ބެހެއްޓުމަށް ވެސް ވަނީ އަންގާފަ އެވެ.


ހޮޑު މަނާކުރާ ސިރަޕްގައި ވެސް ޑައިއެތިލީން ގްލައިކޯލް އަދި އެތިލީން ގްލައިކޯލް ހުރިކަން ޔަގީންވުމުން، ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓްރީ އޮތޯރިޓީން ވަނީ އެ ގައުމުގައި ސިރަޕް އުފައްދާ ފެކްޓްރީ ބަންދުކުރަން އޭރު އަންގައިފަ އެވެ.

އެކަމާ ގުޅިގެން އޭރު ޑަބްލިއުއެޗްއޯއިން ނެރުނު ބަޔާނުގައިވަނީ ތަޣައްޔަރުވެފައިވާ މާއްދާތައް ދެނެގަތް ފުރަތަމަ ގައުމަކަށް ރާއްޖެ ވެގެން ދިޔައީ ވަސީލަތްތައް މަދު ލެބޯޓްރީތަކަށް ވެސް ސްކްރީން ކުރެވޭނެ ގޮތަށް އުފެއްދި އާ ސްކްރީނިން މެތަޑެއް ބޭނުންކޮށްގެން ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު