
އެމްއެފްޑީއޭއިން ކުރި އިއުލާނެއްގައި ބުނީ "ހިންނަވަރު އަތުޖެހި، ބްރައިޓް ވިއު" ތައްޔާރުކޮށްފައިވާ ފަރާތަކީ، އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް ދަފްތަރު ކުރުމުގެ އުސޫލުގެ ދަށުން އެ އޮތޯރިޓީގައި ދަފްތަރުކޮށްފައިވާ ފަރާތެއް ނޫން ކަމަށެވެ.އަދި އެ އުފެއްދުމުގައި ބޭނުންކޮށްފައިވާ ނަންބަރަކީ އެ އުސޫލުގެ ދަށުން ދޫކޮށްފައިވާ ނަންބަރެއް ނޫން ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.އެ އުސޫލުގެ ދަށުން ދަފްތަރުކުރާ ފަރާތްތަކުގެ މައުލޫމާތު، 'އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް ދަފްތަރު'ގެ ނަމުގައި އެ އޮތޯރިޓީގެ 'ދިރިތި' ޕޯޓަލް އާއި ވެބްސައިޓްގެ އިތުރުން ހެލްތު މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިއުކުރަމުންދާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.އެމްއެފްޑީއޭ އިން ވަނީ ކާބޯތަކެތި ގަތުމުގައި އެފަދަ ކަންކަމަށް ހާއްސަ ސަމާލުކަމެއްް ދިނުމަށް އިލްތިމާސް ކޮށްފަ އެވެ. އަދި އެފަދަ އުސޫލާ ހިލާފު ކަމެއް ފާހަގކުރެއްވިއްޖެނަމަ އެކަން އޮތޯރިޓީގެ ނަންބަރަށް ގުޅާ ހިއްސާކުރުމަށްވެސް އެދިފައިވެ އެވެ. ރިޕޯޓު ކުރަން ގުޅާނެ ނަންބަރުތަކަކީ: