ޚަބަރު
މީޑިއާ ކައުންސިލަށް މެންބަރުން އިންތިހާބު ކޮށްފި
މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިންތިހާބު ކުރިއަށް ދަނީ
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ހުސްވެފައިވާ މެންބަރު ކަމަށް މިއަދު ބޭފުޅުން ހޮވައިފި އެވެ.

ސޯޝަލް ސެންޓަރު ގައި މިއަދު އޮތް އިންތިހާބު ގައި މީޑިއާތަކުން ހަތް މެންބަރަކާއި އަމިއްލަ ގޮތުން ތިން މެންބަރަކު ވަނީ އިންތިހާބު ކޮށްފަ އެވެ. އެއީ؛

  •  ފާތިމަތު ޝަނާ މުހައްމަދު - މިހާރު (މީޑިއާ)
  •  ނަޖާހް މަސްއޫދު - ވަގުތު (މީޑިއާ)
  •  ހަސަން ޝާކިރު މުހައްމަދު - އާފަތިސް އޮންލައިން (މީޑިއާ)
  •  ހަފްސީ އަބްދުﷲ - ހަފްސީ ޑޮޓްކޮމް (މީޑިއާ)
  •  ހުސައިން ހަސަން - ހަތާވީސް (މީޑިއާ)
  •  ހުސައިން ސަގީފް - ތިލަދުން (މީޑިއާ)
  •  ނަހުދާ ފާއިޒް - ދިޔަރެސް (މީޑިއާ)
  •  ފާތިމަތު ފަހުމީ - (އަމިއްލަ ގޮތުން)
  •  އިބްރާހިމް ފައުޒީ - (އަމިއްލަ ގޮތުން)
  •  އިބްރާހިމް މުހައްމަދު - (އަމިއްލަ ގޮތުން)
މީޑިއާ ކައުންސިލްގައި ތިއްބަވަނީ ދެ އަހަރުގެ ދައުރަކަށް ހޮވާ ޖުމްލަ 15 މެންބަރުންނެވެ. އެއީ މީޑިއާތަކުން ހޮވާ 8 ބޭފުޅުންނާއި އަމިއްލަ ގޮތުން ކުރިމަތިލާ ބޭފުޅުންގެ ތެރެއިން ހޮވާ ހަތް ބޭފުޅުންނެވެ.

މީޑިއާ ކައުންސިލްގެ ހިނގަމުން މިދާ ދައުރުގެ މެންބަރުންގެ ދައުރު ކުރިއަށް އޮތް ހޮނިހިރު ދުވަހު ހަމަވާނެ އެވެ. 

އެމްއެމްއެމްސީ އަކީ މީޑިއާތައް ރެގިއުލޭޓްކުރަން އުފައްދާފައި އޮންނަ ކައުންސިލެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު