
ފީލައިން ވެލްފެއާ އޯގަނައިޒޭޝަނުން ރޭ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ، މެރީ ބްރައުން ކުރިމަތީގެ ޕާކިން ޒޯނުގައި އުޅޭ ބުޅާތައް ގަޔަށް ބަޔަކު ނޫ ކުލައިގެ ސްޕްރޭއެއް ޖަހާފައިވާ ކަމަށެވެ. އެ ސަރަހައްދުގައި އުޅޭ ބުޅާތަކަށް އެ ޖަމިއްޔާ އިން ގަވާއިދުން ކާންދީ، ބަލަހައްޓާ އަދި ބޭނުންވާ އެހެން ކަންކަން ވެސް ހަމަޖައްސައިދޭއިރު، މިއީ ވަރަށް ހިތާމަވެރި ކަމެއް ކަމަށް ބުންޏެވެ.އެއީ، މާލޭގައި ވަރަށް ގިނައިން ބުޅާ އުޅޭ ސަރަހައްދެކެވެ. އެ ސަރަހައްދުގައި އުޅޭ ބުޅާތަކަށް ބަޔަކު ގަސްދުގައި ތަކުރާރުކޮށް އަނިޔާކުރަމުން ދާ ކަމަށް ފެލީން ޖަމިއްޔާ އިން ތުހުމަތުކުރެ އެވެ."މިއަދު އަޅުގަނޑުމެންނަށް ފެނުނީ ވަރަށް ގިނަ ބުޅާތަކުގެ ގަޔަށް ނޫ ކުލައިގެ ސްޕްރޭ ޖަހާފައި ހުއްޓާ، އެއީ އަނިޔާ ވެރި އަމަލެއް، އޭގައި [ސްޕްރޭ] ގައި ހުންނަ ކެމިކަލުން މި އެއްޗެހި ނުރައްކަލަށް ހުށަހެޅޭ،" އިނގިރޭސި ބަހުން ކުރި ޕޯސްޓުގައި އެ ޖަމިއްޔާ އިން ބުންޏެވެ.ފެލީން ވެލްފެއާ އިން ބުނީ ބުޅާ ކަހަލަ ޖަނަވާރުތަކަށް އަނިޔާކުރުމުގެ ބަދަލުގައި ލޯތްބާއި އަޅާލުން ދޭން ޖެހޭ ކަމަށެވެ. ބުޅަލަށް އަނިޔާކުރާ ކަމަށް އެއްވެސް ފާރަތަކަށް އެނގިއްޖެނަމަ ރިޕޯޓް ކުރުމަށްވެސް އެދިފައިވެ އެވެ.