ޚަބަރު
އާ އަހަރުގެ ދެވަނަ ދުވަހަކީ ވެސް ބަންދު ދުވަހެއް ކަމަށް ރައީސް ކަނޑައަޅުއްވައިފި
ކުރިއަށް އޮތް ޖެނުއަރީ މަހުގެ ދެވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޖެނުއަރީ 2، އެއީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖެއްސެވީ ބަންދު ދުވަސްތަކަށް މެދުކެނޑުމެއް އަޔަނުދީ މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖެއްސެވުމަށްޓަކައި ކަމަށެވެ.

އާ އަހަރު ފެށޭ ދުވަސް ދިމާވަނީ ބުދަ ދުވަހަކަށެވެ. ނަމަވެސް ކުރިން އޮތް ގޮތުންނަމަ، އެ ދުވަސް ބަންދުވުމަށްފަހު ޖެހިގެން އަންނަ ބުރާސްފަތީގައި ސަރުކާރު މުވައްޒަފުން ވަޒީފާއަށް ނުކުންނަން ޖެހޭނެ އެވެ.

ބުރާސްފައްޗަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖެއްސެވުމުން އާ އަހަރު ޗުއްޓީއަށް ބުދައިގައި ސަރުކާރު ބަންދުވުމަށްފަހު ދެން ހުޅުވޭނީ ޖެނުއަރީ 5، ވާ އާދީއްތައިގަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު