
ރައީސް އޮފީހުން މިއަދު ބުނީ އަންނަ މަހުގެ 9 ވާ ހޯމަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ 10 ގައި ސަރުކާރުގެ އޮފީސްތައް ބަންދުވާނެ ކަމަށެވެ.ދެހާސް ސައުވީހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 20ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައެޅީ ފެބުރުވަރީ 4، 2024 ގައި ނެރުއްވި ދެންނެވުމެއްގަ އެވެ.އެގޮތަށް ހަމަޖެއްސީ، އިސްލާމީ އުސޫލުތައް ގާއިމު ކުރެއްވުމަށާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.ރަމަޟާން މަހުގެ 10 ގައިސަރުކާރު ބަންދުވާ ދުވަސްތަކުގައި، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދޭން ޖެހޭ ޚިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ދިނުމުގެ އިންތިޒާމު، އެ މުއައްސަސާއަކުން ހަމަޖެއްސެމަށް ވެސް ރައީސް އަންގާފައިވެ އެވެ.މިއަހަރުގެ ރޯދަ މަސް ފެށީ މިމަހުގެ 18 ވަނަ ދުވަހެވެ.